ކެންސަރަކީ ރާއްޖޭގައި ވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ބައްޔެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކެންސަރު ޖެހުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ދިރިއުޅުމުގެ އާދަތަކެވެ. ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމާއި ދުރުވުމަކީ ކޮންމެެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

އެހެންކަމުން މިލިޔުމުގައި މިގެނެސްދެނީ ތަޖުރިބާކާރުންގެ ނަޒަރުގައި ކެންސަރު ޖެހުމަށް މެދުވެރިވާ ބައެއް ކަންކަމެވެ.

ހަކުރު

ގިނައިން ފޮނި އެއްޗެހި ނުވަތަ ހަކުރު ކެއުމަކީ ހަމައެކަނި ހަކުރު ބަލި ޖެހުމަށް މަގުފަހިވާ ކަމެއް ނޫނެވެ. ގިނައިން ހަކުރު ކެއުމުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ހުންނަ ސެލްތަކަށް ގެއްލުން ލިބި ކެންސަރަށް މަގުފަހިވެއެވެ.

މިދިޔަ އޮކްޓޯބަރ މަހު އާންމު ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ހަކުރު ހަށިގަނޑުގެ ތެރޭގައި ގިނަ ވުމުގެ ސަބަބުން ހަށިގަނޑުގައި ޓިއުމަރު އުފެދުމަށް މަގުފަހިވެއެވެ.

ބަންދުކޮށްފައި ހުންނަ ކާބޯތަކެތި

އެއްވެސް ކާއެއްޗެއް ޕްލާސްޓިކް ކޮތަޅެއްގައި ބަންދުކޮށްފައި ހުރިނަމަ އެއެއްޗެއް ކެއުން އެއީ ރައްކާތެރި ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ފްރާންސްގެ ސައިންސްވެރިން ވަރަށް ފަހުން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ޕްލާސްޓިކް ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތިން ކެންސަރަށް މަގުފަހިވެއެވެ.

ސިނގިރޭޓް ބުއިން

އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީން ވެފައިވާ ގޮތުގައި ސިނގިރޭޓްގައި ކެންސަރަށް މަގުފަހި ކުރުވާ 70 މާއްދާއެއް ހިމެނެއެވެ. ސިނގިރޭޓް ބުއިމަކީ ނުރައްކާތެރި އެތައް ކެންސަރަކަށް މަގުފަހިވާ ކަމެކެވެ.

ތަފާތު ކެމިކަލްތަކުގެ އަސަރު ކުރުން

މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅު ނޭޅުމަކީ ވެސް ކެންސަރަށް މަގުފަހިވާ ކަމެކެވެ.

ހާއްސަކޮށް އެލްމިނިއަމްގެ މަސައްކަތް ކުރާ މީހުންނާއި ދަވާދު ނުވަތަ ކުލައިގެ ތަފާތު މަސައްކަތްތައް ކުރާ މީހުންނާއި ހެއާ ޑްރެސަރުން ކޮންމެ ދުވަހަކު ޑައީގައި އަތްލާ އުޅޭނަމަ ކެންސަރުގެ ނުރައްކާ ބޮޑެވެ.

ބަނގުރާ

އެމެރިކާގެ ނޭޝަނަލް ކެންސާ އިންސްޓިއުޓް އިން ބުނާ ގޮތުގައި ބަނގުރަލަކީ ކެންސަރަށް އެންމެ ބޮޑަށް މަގުފަހި ކުރުވާ އެކައްޗެވެ. ބަނގުރަލުގެ ސަބަބުން ކެންސަރަށް މަގުފަހިވުމުގެ އިތުރުން އަވަހަށް ކެންސަރު ހަށިގަނޑުގެ ތެރެއަށް ފެތުރިގެން ދިއުމަށް ވެސް ބަނގުރަލުގެ ސަބަބުން މަގުފަހިވެއެވެ.

ސޮސެޖް

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ސޮސެޖަކީ ކެންސަރަށް މަގުފަހިކުރުވާ އެއްޗެކެވެ. އެއީ ސޮސެޖް ތައްޔާރު ކުރާ ގޮތާއި ސޮސެޖް ތައްޔާރު ކުރުމުގައި ބޭނުން ކޮށްފައިވާ މާއްދާތަކުގެ ސަބަބުންނެވެ.

އާއިލާ

އާއިލާ އިން ވާރުތަވަމުން އަންނަ ޖީންއެއްގެ ސަބަބުން ވެސް ކެންސަރު ޖެހުމުގެ 5 އިިންސައްތަ އާއި 10 އިންސައްތައިގެ ފުރުސަތެއް އޮވެއެވެ. އެހެންކަމުން އާއިލާގެ އެއްވެސް މެންބަރަކަށް ކެންސަރު ޖެހިފައިވާ ނަމަ ޤަވައިދުން ކެންސަރަށް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާމް

    ޙަހަހަހާ ބަލަ ވަގުތު ކިހިނެއް ވަކި ކެންސަރުން ސަލާމަތް ވާށޭ ކިޔާފަ ބަނޑު އަޅާ ވިހައި މަންމަ އާއި ލިބުނު ބައްޕަ އާއި އެއްބަނޑު، ތިމާގެ އައުލާދުންނާއި ދުރުވެވޭނީ. ރިޕޯރޓްތައް ލިޔާއިރު މިމުޖުތަމައު އާއި އަހަރަމެންގެ ދީނާށް ފެތޭ ގޮަތައް ލިޔުމުން އެކިޔާ މީހަކަށް އޭގެ އޮތް އެއްޗެއް ޤަބޫލުކުރަންވެސް ފަސޭހަވާނެ، ހުޅަނގުން އެމީހުންގެ ވައްޓަފާޅިއަށް ފެތޭގޮަތަށް ކޮށްފައި ހުންނަ ދިރާސާތައް ލަފުޒުން ލަފުޒައް ނުޖަހާ.

  2. ސްޓާރބަކްސް

    ސްޓާރބަކްސް ކޮފީ

  3. މ

    މާތްﷲ ހެޔޮރަޙުމަތް ލައްވަވާށި