ކެނެޑާގައި އޮންލައިން ކޮށް މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މަރުވާނާ ނުވަނަ ވީޑް ގަތުމަށްޓަކައި މީހަކު ތޯރްގެ އައިޑީ ކާޑު ބޭނުން ކޮށްފިއެވެ.

މާވެލް އިން ހިޔާލީ ކަންކަމުގެ މައްޗައް ބިނާކޮށް އުފައްދާ ފައިވާ ކެރެކްޓާ، ތޯރްގެ އައިޑީ ކާޑު ބޭނުން ކޮށްގެން ވީޑް ގަންނަން މަސައްކަތް ކުރީ ކާކު ކަމެއް އަދި ހާމަ ވެފައެއް ނުވެއެވެ. މިދިޔަ އަހަރު ކެނެޑާގައި މަރުވާނާގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުން ހުއްދަ ކޮށްފައި ވީ ނަމަވެސް، އެތަކެތި ގަންނަ އިރު އެމީހަކަށް ވީޑު ގަތުމަށްޓަކައި ދޫކޮށްފައިވާ ކާޑު ދައްކަން ޖެހެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަން ކުރި މީހާ ތޯރްގެ ފޭކް އައިޑީ ކާޑު ބޭނުން ކޮށްފައި މިވަނީ އޭނާގެ އަމިއްލަ އައިޑީ ކާޑެއް ނެތުމުންނެވެ. ނަމަވެސް ކެނެޑާގައި މިކަން ހުއްދަ ކޮށްފައި ވާއިރު، އޭނާގެ އަމިއްލަ ކާޑެއް ނުހައްދައި، ފޭކު ކާޑެއް ބޭނުން ނުކުރުމުން އެކަމާއި މެދު ސުވާލު ތަކެއް ވަނީ އުފެދިފައެވެ.

މި ހާދިޘާގެ ވާހަކަ މީސް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ ވީޑް އޮންލައިން ކޮށް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ފިހާރަ އެއްގެ މުވައްޒަފެކެވެ. އޭނާ ބުނި ގޮތުގައި އެ ކާޑުގައި އިން ފޮޓޯ އަކީ މާ ފެންނަ ވައްތަރު މޫނަކަށް ވުމުން ރަނގަޅަށް ކާޑު ބަލައިލި އިރު މިވަނީ ތޮރްގެ ފޮޓޯ އަކާއި އޭނާގެ މައުލޫމާތު ތައް ހިއްސާ ކޮށްފައެވެ.

ތޯރް އަކީ މާވެލްގެ ކޮމިކް ތަކާއި ފިލްމް ތަކުން ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޯބި ހޯދާފައިވާ ކެރެކްޓާ އެއްކަން ފާހަގަ ކޮށްލެވެއެވެ.