އިންޑިޔާގެ ވަރަނަސާއީގެ ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަނެއްގައި މީހެއްގެ ބަނޑުތެރެއަށް ދެ ސިރިންޖުލުމަށްފަހު، ފެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެޤައުމުގެ ނޫހެއްކަމަށްވާ "އިންޑިޔާ ޓައިމްސް" އިން ބުނެފައިވާގޮތުން، އޮޕަރޭޝަންކުރި ބަލިމީހާއަކީ އަންހެނެކެވެ. އަދި، އެމީހާ އެއޮޕަރޭޝަން ކޮށްފައިވަނީ ސްޓެރެލައިޒޭޝަނަށެވެ.

މި އޮޕަރޭޝަން ކުރި ހޮސްޕިޓަލުން، މިފަދަ އެހެން ގިނަ މައްސަލަތަކެއްވެސް ފެންމަތިވެފައިވާކަމަށް އިންޑިޔާ ޓައިމްސް ނޫހުން ބުނެފައިވެއެވެ. އެގޮތުން، 2013 ވަނަ އަހަރު ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުތެރެއިން މަސްކޮޅުކޮޅާއި ކަފަކޮޅުކޮޅުވެސް ފެނިފައިވާކަމަށާއި އެހެން މީހެއްގެ ބަނޑުތެރެއިން ތިން ސިރިންޖުވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

ބަނޑުތެރެއިން ދެ ސިރިންޖު ފެނުނު މީހާގެ އޮޕަރޭޝަން ކުރި ޑޮކްޓަރުގެ ނަން އާއްމުކޮށްފައިވީނަމަވެސް، އެމީހާގެ އެއްވެސް ތަޙުޤީޤެއް ފުލުހުން ކުރިއަށް ނުގެންދާކަމަށްވެސް ނޫސްތަކުން ބުނެއެވެ. އެހެންނަމަވެސް، އެހޮސްޕިޓަލުން އެކަން އިތުރަށް ބަލަމުންދާކަމަށް އިސް މެޑިކަލް އޮފިސަރާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހަރެން

  ތިކަމަށްވެސް ރާއްޖެއަށް ސިފައިން ފޮނުވާ

 2. އަޙުމަދު

  މޯދީ ކިހިނެއް ތިހަދަނީ ދޮންކަލޯ. އަމިއްލަ ގައުމު އިސްލާހުކޮށްބަލަ ފުރަތަމަ!

 3. މުއުމިން

  އަޅުގނޑު ބުނެލަން ބޭނުން ވަނީ އެންމެހާ އަޙުން ނާއި އުޙުތުން ނަށް ބައްޔެއް ކަމެއް ދިމާ ވުމުން އެންމެ ފުރަތަމަ ވެސް މާތްﷲ ޙަޒުރަތަށް ޝިފާ އަށް އެދި ދުޢާ ދަންނަވާށޭ. ގުދުރަތީ ބޭސް ތައް ބޭނުން ކުރޭ ޤުރުއާން ކިޔަވައިގެން އިންޝާﷲ ރަނގަޅު ވާނެ. ފުރަތަމަ ވެސް އޮޕުރޭޝަން ކުރަން އެހާ ވަރުން ނޫޅި. މާތްﷲ އީ ހުރިހާ ކަމަކަށް ޝިފާ ހައްލު ދެއްވަވާ އެއްމެހާ ބާރުގެ ވެރި ހަމަ ައެކަނި އިލާހު.

  • 123

   މިހާރު މީހުނަށް ހީވަނީ އެމީހުން ބަލިން ރަނގަޅުވަނީޑޑްކްޓަރުންގެ މޮޅުކަމުންނަޭ...ގިނަމީހުންނަށް ނޭނގޭނެ ބަލިބައްޔަށް ޝިފާ ދެެއްވަނީ ﷲ ކަންވެސް

   • ަާބަލިމީހާ

    އަހަރެންދަނީ ކަމަށް ކަމޭހިތައިގެން ެއިޙްލާސްތެރިކަމާއިއެކު މަސައްކަތްކުރާ ބަލިމީހުންނަށް އަޅާލާ އޯގާތެރިކަމާއިއެކު މުއާމަލާތުކުރާ ޑޮކްޓަރުންގެ ކައިރިއަށް.ކިތަންމެމޮޅަސް ޒާތްކޮޅުބޮޑުކޮށް އުޅޭ ފޮނި އަދި ރުޅިގަދަ ޑޮކްޓަރުންކައިރިއަށް ދާނީ އެއްފަހަރު.އެއީ ގޮތްނޭނގި އަލަށް ދާފަހަރު.ދެން އުމުރަށް ސަލާމް.