މިދިޔަ ބުރާސްފަތި ދުވަހު ލެވިސް ބްލިސް އާއި އަލިއްސަން ބެއްރޯން އެ މީހުންގެ ލޯބީގެ ގުޅުން އެއަށްވުރެ މައްޗަށް ގެންދަން ބޭނުންވީއެވެ. ދެ މީހުންވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. ކައިވެންޏަށް އެހުމަށް ދެ މީހުން ދިޔައީ ވަކި ސަރަހައްދަކަށެވެ. އެތަނަށް ގޮސް އިންނަން އަހަން އުޅުނު ތަނުން ބައްޕަ ވަނީ އޭނާގެ އަންހެން ދަރިފުޅު ކައިރީ ނޫނެކޭ ބުނުމަށް އަންގާފައެވެ.

މިގޮތަށް ބައްޕަ އަންގާފައި ވަނީ ބޯޑެއްގައި "ނޯ" މިގޮތަށް ލިޔުމަށްފަހު އެ މީހުން ޕްރޮޕޯސް ކުރާ ސަރަހައްދަށް ގޮސްގެންނެވެ.

ލެވިސް އާއި އަލިއްސަން ރައްޓެހިވެގެން އުޅޭތާ ދެ އަހަރުވެއްޖެއެވެ. ދެެ މީހުންގެ ގުޅުމަށް ވަރަށް ބޮޑަށް ބައްޕަ ރުހެއެވެ. އެއީ ކުރިން އެލިއްސަންގެ ބައްޕަ ކައިރިން ލެވިސް ވަނީ އެ ދެމީހުންގެ ގުޅުމާމެދު ހިތްހަމަ ޖެހޭތޯ ސުވާލުކޮށްފައެވެ.

މި ދެ މީހުންގެ ޕްރޮޕޯސް ކުރުމަށް ގޮސްފައި ވަނީ ހުސް ބިމަކަށެވެ. އެތަނަށް ގޮސް ލެވިސް ވަނީ ބިންމަތީގައި "މެރީމީ ޖަހާ" ތައްޔާރުކޮށްފައެވެ. އަދި އަލިއްސަން އެތަނަށް ގެންގޮސް އިންނަން އެހިތަނާހެން ޖަވާބު ނުދެނީސް އަލިއްސަންގެ ބައްޕަ ވަނީ "ނޯ" ބޯޑު ހިފައިގެން އެތަނަށް ގޮސްފައެވެ.

ބައްޕަ ނޯ ބޯޑު ހިފައިގެން ހުރިތަން އަލިއްސަންއަށް ފެނުނެވެ. ނަމަވެސް އޭނާ ވަނީ ލޯބިވެރިޔާގެ ސުވާލަށް އާ އެކޭ ބުނެފައެވެ.

ބައްޕަ އެ ހުރިހާ ކަމެއް ކުރީ މަޖަލަކަށް ކަން ދެ މީހުންނަށްވެސް އިނގެއެވެ. އަލިއްސަންގެ އާއިލާއަކީ މަޖާ އާއިލާއެއްކަމުން، މިފަދަ ކަމެއް ހިނގާފާނެކަން އަލިއްސަންއަށްވެސް އިނގެއެވެ. އަދި ދެ މީހުންގެ ގުޅުމާއި މެދު އާއިލާއިން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަން އިނގެނީ އާއިލާއާއެކު ދާ ތަންތަނަށް ލެވިސް ގެންދިޔުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖޭމު ދޮންމެ

  މިއީ ވަރަށް އިބުރަތް ތެރި ލިޔުމެކެވެ.ބަރަށް ގިނަ ފިލާވަޅުތަށް މި ލިޔުމުން ލިބިއްޖެ އެވެ.
  މިއީ އެއްގޮތަކަށް ވެސް ނުކިޔާ ދޫކޮށް ލެވޭ ވަރުގެ ލިޔުމެއް ނޫނެވެ.

 2. މީނާ

  މީނާޒް މުމްތާޒް

 3. Anonymous

  މިއީ އިބުރަތުން ފުރިފައިވާ ވަރަށް ޝައުުގުވެރި ވާހަކައެއް... ސާބަހޭ