އިރުފާން ހާންގެ އެންމެ ގާތް އެކުވެރިޔާއަކީ އޭނާގެ އަނބިމީހާކަމަށް އޭނާ ބުނެފިއެވެ.

އިރުފާން ބުނީ "އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަކީ އަހަރެންގެ އަންހެނުން. އަހަރެމެން ހަމަ ހުރިހާ ކަމެއް ދެމީހުންގެ މެދުގައި މަސްވަރާކުރަން. އަހަރެންގެ މަސައްކަތްތަށްވެސް. އަހަރެންގެ އަންހެނުން އަހަރެންގެ ފިލްމް ގަރިބް ގަރިބް ސިންގަލް ޕްރޮޑިއުސްކުރީ އޭގައިވާ ލޯބީގެ ވާހަކަ ރީތިކަމުން" ކަމަށެވެ.

"ލައިވް އޮފް ޕައި"، "ހިންދީ މީޑިއަމް" އަދި "ޖުރަސިކް ވޯލްޑް" ފަދަ ރީތި ކާމިޔާބު އެތަށް ބޮލީވުޑް ފިލްމްތަކާއި ހޮލީވުޑް އެތަށް ފިލްމެއް އޭނާވަނީ ކުޅެދީފައެވެ. އޭނާ ފާހަގަ ކުރެވިފައިވަނީ އެހެން އެކްޓަރުންނާއި ހިލާފަށް ތަފާތު ޗެލެންޖިން ފިލްމް ކުޅޭ ފަންނާނެއްގެ ގޮތުގައެވެ.

އޭނާގެ އަންހެނުންނާއި ބެހޭގޮތުން އިރުފާން އިތުރަށް ބުނީ "އަހަރެމެން ދެމީހުން ކިޔެވީ އެއް ފިލްމް ސްކޫލަކުން. އަހަރެން އަންހެނުންނަށް އަހަރެންނަށްވުރެ ބޮޑަށް ކަންތައްތައް ފަހުމް ވާނެ. އެއީ އެކްޓިން ކަމަށް ވިޔަސް" އެވެ.

އިރުފާން ވަނީ އޭނާގެ އެކްޓް ކުރުމުގެ ހުނަރުން ބޮލީވުޑްގަ އާއި ހޮލީވުޑްގަ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އޭނާ ނަމޫނާ އަކަށްބަލާ އަރަމުން އަންނަ އެކްޓަރުންވެސް މަސައްކަތް ކުރެއެވެ.

އިރުފާން ގަބޫލްކުރާ ގޮތުގައި ކޮންމެ ރޯލަކީވެސް ބެލުންތެރިން ހިތްހަމަ ޖެހޭ ގޮތަށް ގެނުވިއްޖެ ނަމަ ރީތި ވާނެ އަދި ކާމިޔާބު ވާނެ ރޯލެކެވެ. ހުރިހާ ވެސް އެއްޗަކީ ބުރަ މަސައްކަތާއި އެކަމަކަށް ދެވޭ ވަގުތުކަމަށެވެ.