ޗައިނާ މީހަކު އައިފޯނު ބެޓެރިއަކީ އޮރިޖިނަލް ބެޓެރީއެއްތޯ ޔަގީން ކުރުމަށް، ބެޓެރީގައި ދަތް އެޅި ވަގުތު އަގައިގައި އޮއްވައި ބެޓެރީ ގޮވައިފިއެވެ.

ޗައިނާގައި ހިނގި މި ހާދިސާ އާއި ގުޅޭ ވީޑިޔޯ އެއް އާއްމުވެފައިވާއިރު އެ ވީޑިޔޯ އިން ފެންނަގޮތުގައި ބެޓެރީ ނަގައިގެން ފައިސާ ދެއްކުމަށް ކައުންޓަރު ކައިރިޔަށްގޮސް ފިހާރައިގެ މީހެއްކައިރީ ހުރެ އޭނާ ބެޓެރީގައި ދަތް އަޅާތަން ފެނެއެވެ. އަދި ހަމަ ދަތް އެޅުމާއެކު ބެޓެރީ ގޮވައި ރެކެން ދެމީހުން ދުރަށްދާ މަންޒަރު ފެނެއެވެ.

ޗައިނާގެ މިހަބަރު ގެންސްދިން ނޫހުން ބުނެފައިވާ ގޮތުގައި ބެޓެރީ ގޮވިނަމަވެސް އޭނާއަށް މާބޮޑު އަނިޔާއެއް ވެފައިނުވެއެވެ. އެއީ ބެޓެރީ ގޮވި ވަގުތު އޭނާ އެބެޓަރީ އެއްލާލުމުންނެވެ.

އާންމު ގޮތެއްގައި ބެޓެރީއެއް އެގޮތަށް ގޮވަން ދިމާވަނީ ބެޓެރީގެ "ޕޮޒިޓިވް" އަދި "ނެގަޓިވް" ޕްލޭޓްސް ޖެހުމުންނެވެ، އެބެޓެރީ ގޮވުމުގައި އޭނާ ދަތް އެޅި ވަގުތު އެފަދަ ކަމެއް ހިނގީ ކަމަށް ބައެއްފަރާތްތަކުން ބުނެއެވެ.

ގިނަ އަދަދެއްގެ ފޭކް ބެޓެރީ އާއި ފޯން ވިއްކާ ޗައިނާގައި އޮރިޖިނަލް ބެޓެރީއެއްތޯ ބެލުމަށް ފޯންގައި ދަތްއެޅުމަކީ އާންމުކަމެއް ކަމުގައިވެއެވެ. ދަތް އަޅައިގެން ބެޓެރީއަށް ނުފިތޭނަމަ އެއީ އޮރިޖިނަލް ބެޓެރީއެއް ކަމަށާއި ފަސޭހައިން ފިތޭނަމަ އެއީ ފޭކް ބެޓެރީއެއް ކަމަށް އެމީހުން ނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ތިޔަވާނީ ފޯނަށް މާ ބޮޑަށް ތަދުވީ ކަމަށް....

  2. ހަހުރަ

    ދެން އެހެންވެއްޖެއްޔާ ސެމްސަންގ އެސް9+ ގެ ބެޓެރިއެއްގައި ދަތް އަޅައިފިއްޔާ ވަކި ނުގޮވާނެތަ؟؟؟؟