އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގާޒިއަބާދުގައި އުމުރުން އެންމެ 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މީހަކު، ރައްޔިތުން ނިކުމެ އަނިޔާކޮށް މަރާލައިފިއެވެ.

ޖިތަންދްރާ ނަމަކަށް ކިޔާ އެ މީހާ ޖިންސީ ގޯނާ ކުރީ، އޭނާގެ ރަހުމަތްތެރިއެއްގެ އަންހެން ދަރިފުޅަށެވެ. އޭނާ އެ އަމަލު ހިންގާފައިި ވަނީ ދީނީ އެއްވުމެއްގެ ތެރެއިން އެ އަންހެން ކުއްޖާ އަނބުރާ ގެއަށް ގެންދާނެ ކަމަށް ބުނެ، އެ ކުއްޖާާ ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށް ގެންގޮސްގެންނެވެ.

އަންހެން ކުއްޖާ އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ދައްކައިފި ނަމަ އިތުރަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ޖިތަންދްރާ ވަނީ ދީފައެވެ. ނަމަވެސް އެ އަންހެން ކުއްޖާ ގެއަށް ގޮސް އެ މީހާ ކުރި ކަންތަކުގެ ވާހަކަ އާއިލާއަށް ކިޔައިދިނެވެ.

އާއިލާއަށް އެ ވާހަކަ ކިޔައިދިނުމުން އަންހެން ކުއްޖާގެ ބޭބެ ވަނީ އެ ސަރަހައްދުން މީހުންތަކެއް އެއްކޮށްގެން ރޭޕް ޖިތަންދްރާ ދިރިއުޅުނު ގެ ކައިރިއަށްގޮސް އޭނާާ ހިފާ ހައްޔަރު ކޮށްފައެވެ. އަދި އޭނާާ ވަލަކުުން އައްސާފައި ގިނަ އިރުތަކެއް ވަންދެން އޭނާއަށް އަނިޔާކޮށްފައިވެއެވެ.

ޖިތަންދްރާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އެ މައްސަލައިގެ ތުހުމަތު ހަތަރު މީހެއްގެ މައްޗަަށް ކޮށްފައިވާއިރު އެކަން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހަތަރު މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރު ކޮށްފައި ވަަނީ ދެމީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭ ޙިޔާލު

    ކުޑަ ކުދިން ނައް ޖިންސީ ގޯނާ ކުރާ މީހުނައް

    ހަދަން ވީ ތިހެން ހަމަކުދި އަނިޔާ ކޮށް މަރަން

    ވީ ރަނގަޅު.. ސާބަސް