މީހަކަށް ކުށެއްގެ ތުހުމަތު ކުރެވި ކޯޓަށް ހާޒިރު ވުމަށް އެންގުމުން އެންމެންވެސް ބަލާނީ ގާޒީ ކުރިމަތީގައި ރަނގަޅު މީހަކަށް ވެވޭތޯއެވެ. ނަމަވެސް، އޮސްޓްރޭލިއާއަށް ނިސްބަތްވާ ދެ ލޯބިވެރިން މިވަނީ ވަރަށްވެސް އާދަޔާ ހިލާފް ކަމެއް ކޮށްފައެވެ. ކުށެއްގެ ތުހުމަތު ކުރެވި، ކޯޓަށް ހާޒިރު ވުމަށް އެންގުމުން އެ ދެ މީހުން ކޯޓަށް އައީވެސް ވަގަށް ނަގާފައިވާ ކާރެއްގައެވެ.

ހުއްދަ ނޫން ގޮތުގައި އެއްގަމު އުޅަނދު ދުއްވައި ބޭނުން ކުރުމުން އެ ދެ ލޯބިވެރިން ކޯޓަށް ހާޒިރުވާން އެންގުމުން އެ މީހުން ހާޒިރުވީ އޭގެ ހަފްތާ އެއް ކުރިން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކާރެއްގައެވެ.

މިއާއި އެކު ފުލުހުން ވަނީ އެ ދެ މީހުން ވަގުތުން ހައްޔަރު ކޮށް، އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ބަލަން ފަށައިފައެވެ. މި ހާދިޘާގެ ވާހަކަ އޮސްޓްރޭލިއާގެ ފުލުހުން އާއްމު ކުރުމުން އެތައް ބަޔަކު ވަނީ އެމީހުންނަށް މަލާމާތްކޮށް ޖޯކު ޖަހަން ފަށާފައިކަން ފާހަގަ ކޮށްލެވެއެވެ.

ފުލުހުން މިހާރު ވަނީ ކާރު ދުއްވަން އިން ފިރިހެން މީހާ އަށް ކާރެއް ވަގަށް ނެގި ކަމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން 3 ދައުވާ އެއްވެސް ކޮށްފައެވެ. އަދި ކާރުގައި އިން އަންހެން މީހާ އަށް ވަނީ އެކަމުގައި ބައިވެރި ކަމުގެ ކުށުގެ ދައުވާގެ އިތުރުން 2 ދައުވާ އެއްވެސް ކޮށްފައެވެ.