ފިލްމް އިންޑަސްޓްރީގައި އެންމެ 'ޑިމާންޑިންޑް' ބޮޑު ބަތަލާއަކީ މަރިޔަމް އައްޒައެވެ. މިކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ކުއްލިއަކަށް ހުރެފައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އައްޒަގެ ގިނަ ފިލްމްތަކެއް ބެލުންތެރިންނާއި ހަަމައަށް މިދިޔަ ދެ އަހަރު ތެރޭގައި ފެނިގެން ދިޔައިރު، މި އަހަރުވެސް އައްޒަގެ ފިލްމްތައް އާއްމުންނާއި ހަމައަށް އަންނާނެއެވެ.

އައްޒަ މި އަހަރު ވަރަށް ބިޒީކަމަށް މައުލޫމާތު ލިބެއެވެ. ދަރިފުޅާއެކު މަޖާ ދުވަސްކޮޅެއް ހޭދަކުރަމުން އަންނަތަން އޭނާގެ މީސް މީޑީޔާގެ އެކައުންޓްތައް ބަލާލުމުން އިނގެއެވެ.

'ވަގުތު' އަށް މައުލޫމާތު ދެމުން އައްޒަ ބުނީ އޭނާ މިވަގުތު ހުރީ ވަރަށް ފްރީކޮށް ކަމަށެވެ. ނަމަވެސް ބައިވަރު ޕްރޮޖެކްޓްތައް ކުރިއަށް އެބަހުރި ކަމަށާއި، މި ވަގުތު ހުސްކޮށް ހުރި ކަމުގައިވިޔަސް ކުރިއަށް އޮތީ ބޮޑެތި ޕްރޮޖެކްޓްތަކެއް ކަމަށް އައްޒަ ބުންޏެވެ.

"ދެން އެންމެ އަވަހަށް އިންނާނީ ނަހޫގެ 'ހުވާ' ޕްރޮޖެކްޓް. މީގެ ޝޫޓިން މިހާރުވެސް ދޭ އެބަ ކުރިއަށް. ދެން އައްޒަ ވެސް މި މަންތްގައި ފައްޓާގޮތަށް އިނީ ދުވަސްކޮޅަކުން". އެންމެ ކާމިޔާބު އެއް އެކްޓްރެސްކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރާ އައްޒަ ބުންޏެވެ.

އައްޒަ ބުނީ،'އަޒޯނާ' ގެ ސީޒަން ދޭއް ވެސް މި އޭޕްރީލް މަހު ފައްޓާނެ ކަމަށެވެ. އަދި ރޯދަމަހަށްފަހު ޑާކްރެއިން އެންޓަޓައިންމެންޓްގެ ފިލްމް 'މާމުއި' ގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ބުނާގޮތުގައި، މުހަންމާގެ 'އިންދިރާސް' އާއި ޔާރާ ޕްރޮޑަކްޝަންގެ މަސައްކަތެއްވެސް ކުރަން ވަނީ ހަމަޖެހިފައިއެވެ.

"ބޮޑު ހުރިހާ ޕްރޮޖެކްޓް ތަކެއް ވެސް އަނެއްހެން. ކުޑަ އެއްވެސް ޕްރޮޖެކްޓެއް ނެތް" އިތުރަށް އައްޒަ ބުންޏެވެ.

އައްޒަ މި ދަނީ ދުވަހަކަށްވުރެ ދުވަހެއް ފިލްމީ ދާއިރާގައި ފިޔަޖަހަމުންނެވެ. އެގޮތުން އޭނާގެ ކުޅަދާނަކަން ނަހުލާގެ '4426' އިން ވަނީ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައެވެ. އަދި އޭގެ ފަހުން "ބޮސް"ގައި އައްޒަގެ އެކްޓިންގއަށް ތައުރީފް އޮހިގެން ދިޔައެވެ.

އައްޒަގެ ކުރިއަށް މި ހުރި ބޮޑެތި ޕްރޮޖެކްޓްތަކަށް ބަލާއިރު ވެސް އޭނާއަކީ 'ޑިމާންޑިންގ' ފަންނާނެއްކަން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުޅާބަ އައްޒާ! ވަރަށް ކަންކަން އެބަހުރި މިކޮޅުގަ.

  2. މަހުޝަރު ދުވަހުވެސް ތިޔަ މީސްމީހުންނަށް ހަމަ އެހާ ޑިމާންޑް ބޮޑުވާނެ! ޙެޔޮ ވިސްނުން ދެއްވާށި!