ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ފުރަތަމަ ދަރިފުޅު އާޗީ ހެރިސަންގެ އުމުރުން އަދި ހައެއްކަ މަސް ނުފުރިގެން އުޅުނު ނަމަވެސް އެދެމަފިރިން ދެން ދަރިއަކު ހޯދާނީ ކޮން ދުވަހަކުންތޯ މީޑިއާތަކުގައި ވާހަކަ ދެކެވެން ފަށައިފިއެވެ. އެންމެ ފަހުން އެސުވާލު ޕްރިންސް ހެރީ އާއި ހަމައަށް ވެސް ފޯރައިފިއެވެ.

"ބްރިޓިޝް ވޯގް" މަޖައްލާގެ ސެޕްޓެމްބަރ މަހުގެ އަދަދު މޭގަން އަށް ހާއްސަ ކޮށްފައި ވާއިރު އެމަޖައްލާ އަށް ހެރީ ވަނީ މިހަފްތާގައި އިންޓަވިއުއެއް ދީފައެވެ. އިންޓަވިއުގައި ޑރ.ޖޭން ކުރި އެއް ސުވާލަކީ ހެރީ އާއި މޭގަން ކިތައް ދަރިން ހޯދަން ގަސްދު ކުރަންތޯ ސާފު ކުރަން ކުރި ސުވާލެކެވެ.

އެސުވާލުގެ ޖަވާބުގައި ހެރީ ބުނީ "އެންމެ ގިނަވެގެން ދެކުދިން" ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހެރީ އާއި މޭގަންގެ އާއިލީ ޕްލޭން ކޮށްފައި އޮތީ ދެދަރިން ހޯދަން ކަމަށް ވާތީ ވަރަށް އަވަހަށް އެދެމަފިރިންނަށް އަނެއްކާ ވެސް އިތުރު ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުން ވަރަށް ގާތެވެ.

މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ވެސް ހެރީ ވަނީ މާބޮޑު އާއިލާއެއް ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ހެރީގެ ވިސްނުމަކީ އާއިލާ ބޮޑުނުކުރުން ކަމަށް ވީނަމަވެސް ހެރީގެ ބޭބެ ވިލިއަމް ވަނީ މިހާރު ތިން ކުދިން ހޯދާފައެވެ. ވިލިއަމް އާއި ކޭޓް ވަރަށް އަވަހަށް އިތުރު ދަރިއަކު ހޯދަން ތައްޔާރުވަމުންދާ ކަމަށް ދާދި ފަހުން އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯ ހަލާކު

    ޥާވް...... ހާދަ މުހިނމު މައުލޫމާތެކޭ.. ތޭކްސް

    13
  2. މޯދީ

    ކައިގެން ތިކަން ކުރީމަ ވީނުން. ޜައްޔތުންގެ ހަޒާނާއިން ޚަރަދުކުރާނެ.

    5
    1