ލީޑު ރޯލުން ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ ފެނިގެންދާ "ސުއި ދާގާ: މޭޑް އިން އިންޑިޔާ" ގެ "ފަސްޓް ލުކް" ދައްކާލައިފިއެވެ.

ފިލްމުގެ ތަންކޮޅަކުން ބައެއް ފުރަތަމަ ފަހަރަށް އިއްޔެ ދައްކާލާފައިވާއިރު، ދެ ތަރިންވެސް ފެނިގެންދަނީ އިންޑިޔާގެ ކުޑަކުޑަ އަވަށެއްގެ ދެމީހުންގެ ސިފައިގައެވެ. އެމީހުންގެ ހެދުމުން އެކަމަށް އިތުރު ބާރަކާއި ފުރިހަމަ ކަމެއް ގެނެސްދެއެވެ.

ބޮލީވުޑުގެ ޚަބަރުތައް ފޯރުކޮށްދޭ ނޫސްތަކުން ބުނާގޮތުގައި، ސުއި ދާގާ ފިލްމުގައި ވަރުން ދަވަން ފެނިގެންދާނީ ހެދުން ފަހާ މީހެއްގެ ރޯލުންނެވެ. އަދި، އަނުޝްކާ ފެނިގެންދާނީ ހެދުން ޖަރީކުރާ މީހެއްގެ ރޯލުންނެވެ.

ނޫސްތަކުން އިތުރަށް ބުނާގޮތުގައި، މި ފިލްމުން އިންޑިޔާގެ އަމިއްލަވަންތަކަމާއި، އެޤައުމުގެ ސަގާފީ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ. ހަމައެހެންމެ، ކޮންމެ މީހެއްގެ އަމިއްލަ ފުދުންތެރިކަމަކީވެސް، މި ފިލްމުން ދައްކުވައިދޭނެ މުޙިއްމު އެއް ކަންތައްކަމުގައި، ބުނެފައިވެއެވެ.

އިންޑިޔާގެ މިނިވަންކަމުގެ ބައްޕަ، މަހާތުމާ ގާންދީގެ ހަނދާނުގައި ފާހަގަކުރާ ގާންދީ ޖަޔާތީއާ ދިމާކޮށް، ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނައުމަށް ހަމަޖެހިފައިވާއިރު، ވަރުން އާއި އަނުޝްކާ އަކީ އަހަރުގެ ވަރުގަދަ ޖޯޑަކަށް ވާނެކަމަށް، މިހާރުވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު