ހިކުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ވަރަށް ބުރަ ކަމެކެވެ. ޖިސްމާނީ ގޮތުން އެތަށް ބުރައެއް މިކަމަށްއުފުލަން ޖެހޭއިރު، ނުކައި ޑައިޓްގައި ހުރުމަކީ ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ކަމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ހިކުމަކީ ހަމައެކަނި މީހާގެ ރޫފަ ރީތިކޮށްލުމާއި ގުޅިފައި އޮންނަ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ބަރުދަން ލުއިކޮށްލުމަކީ މިއަށްވުރެ ފައިދާ ބޮޑު ކަމެކެވެ. ސަބަބަކީ ބަރުދަން ލުއި ކުރުމުގެ ސަބަބަބުން އެތަކެއް ސިއްޙީ މައްސަލަތަކުން ތިމާ ދުރުކޮށްދޭތީއެވެ.

ހިކެން ކިތަންމެ ބޭނުންވިޔަސް ބަރުބޮޑު ކަސްރަތު ނުކުރެވޭ މީހުނަށް މިއޮތީ ހައްލެކެވެ. އަދި ބަޑުހައިހޫނުކަން ތަހައްމަލްކޮށް ޑައިޓް ޖައްސަން ބޭނުން ނުވާ މީހުނަށްވެސް މިއޮތީ ހައްލެކެވެ. ތިރީގައިވާ ބުއިން ދެވިފައިވާ އިރުޝާދުގެ މަތިން ބޭނުން ކުރައްވާށެވެ.

މިންޓް ސައި

7 ތަށި ގުރީން ޓީއަށް ލުބޯ ފޮއްޗެއް ލާށެވެ. އަދި އެޔައް މިންޓް ދެތިންފަތް ލާށެވެ. އަދި އެއް ރޭ ވަންދެން އެގޮތަށް ބަހައްޓާށެވެ. އަދި ކޮންމެ ދުވަހެއް ފެށުމުގެ ކުރިން ސައިބުއިމުގެ ކުރިން މީގެ ތައްޓެއް ބޯލާށެވެ.

ހަފްތާއެއްގެ ތެރޭގައި މީގެ ނަތީޖާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މަސްކައްކާ ދުމަށީގައި މަސްޖަހައިގެން މަސްހިއްކާ މީހުން އެއީ ވަރަށް މަދު ބައެކެވެ. އެކަހަލަ ބައެއް ފެނިއްޖެނަމަ ދުމައްޓަށް އަރާ އޮވޭ! 24 ގަޑި އިރުގެ ތެރޭގައި ވަޅޯމަސްގަނޑެއްހެން ހިކޭނެ. ޔަޤީންކަން މިދިނީ!

    • މީ

      ހައްހައްހާ......އެކަމަކު ހިކޭއިރު އޮންނާނީ މުޅިމީހާ ރޯފިލާފައެއްނުން.....ތީދެން ޖުހާ ދޭކަހަލަ މޮޅުު ހިޔާލު...ހުސޭނުބޭވެސް ޖުހާއަށް ދޫނުކުރޭ...

  2. ހިޔާލު

    ތީވަރަށް ބޮޑުތެދެއް