ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އަކީ އަބަދުވެސް ޓްވިޓާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. މެޒޯ މޯޑް އާއި އޭނާގެ ދަރިފުޅު މީރާގެ ޓްވީޓްތަކުން ފެންނަ "ލޯބި" މީގެ ކުރިން ވެސް އެތައް ފަހަރަކު މީހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. ނަމަވެސް މިފަހަރު މިއޮތީ އެހާ "ލޯބި ވާހަކައެއް ނޫނެވެ."

މިހާރު ބޭސްފަރުވާއަކަށް އިންޑިއާ އަށް ގޮސް ހުރި މެޒޯ މޯޑް އިންޑިއާގެ ރޭލެއްގައި ދަތުރު ކުރަމުން އިއްޔެ ވީޑިއޯއެއް ޓްވީޓް ކުރުމުން މީރާ ވަނީ އޭނާ އަށް ހަދިޔާއަކަށް ސެންޓް ފުޅިއެއް ގެނެސްދިނުމަށް ބައްޕަ ކައިރިން އެދިފައެވެ. އެއާއި އެކު މެޒޯ މޯޑް ވަނީ ވަރަށް ރުންކުރު ޖަވާބެއް އޭނާގެ ދަރިފުޅަށް ދީފައެވެ.

މީރާ އަށް ޖަވާބު ދެމުން މެޒޯ މޯޑް ބުނީ "ބައްޕަ މިއުޅެނީ ބޯޓް ދަތުރުކުރަންތަ އައިސް؟"

އެސުވާލާއި އެކު ދެން މެޒޯ މޯޑް ބުނީ އިންޑިއާ އަށް "އާސަންދަ ކޮތަޅެއް" ފޮނުވައި ދިނުމަށާއި މިއުޅެނީ ހޮސްޕިޓަލްގައި ކަމަށެވެ. "މިއީ ދަރިންނޯ. ބޯހަލާކު. މިމީހުންނަށް ބަފާ ބަލިވިޔަސް މިއީ ހަދިޔާ ދޭން ޖެހޭ ވަރު ކަމެއް." މެޒޯ މޯޑް ޓްވީޓް ނިންމާލަމުން ބުނެފައި ވެއެވެ.

މެޒޯ މޯޑްގެ ޓްވީޓާއި ގުޅިގެން މީރާ ކުރި ޓްވީޓެއްގައި ބުނީ މީރާ ވެސް (ބައްޕަ) އަށް ހަދިޔާ ދޭ ކަމަށެވެ.

އެހާ ހިސާބުން ދެބަފައިންގެ ހަދިޔާ ބަހުސް އޮތީ ނިމިފައެވެ. އަނެއްކާވެސް މިހާރު މީރާ އާއި މެޒޯ މޯޑްގެ ޓްވީޓްތަކުން ފެންނަނީ ލޯތްބެވެ. ހަދިޔާގެ ވާހަކަ މިހާރު ހަނދާން ނެތިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އ. ޖ. އ

    އަސްލު ރުޅި ނަމަ އެވަރަށް އިމޯޖީ ނުލާނެ

    52
    5
  2. ވާނުވާ ނޭގޭ

    މެޒޯ މޯޑް އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާއެއް ނޫން.

    88
    11
    • ޙާ

      ޜާއްޖޭގައި އުފެދުނު އެންމެމޮޅު ލަވަކިޔުންތެރިޔާކަމަށް ބުނެފައެއް ނެތެނުން

      49
      9
  3. ޢަހަންމާ

    ތީ ސްޓަންޓެއް.. ނޫހުގަ ޖަހާލާހިތުން

    62
    1
  4. އަހަންމާދި

    މިވެސް ޚަބަރެއް؟؟؟؟؟

    67
    5
    • ޙަ

      އާ ދޮންކަލޯ! ތިޔަ ހުންނަނީ ޚަަބަރު. ބޮއެ ހަލާކުވެދާނެ

      52
      3
  5. ހުސެން

    ލަވައެއް ކިޔާލާ،ތީ އަހުލާޤު،ދެން ވެސް ދެމައިން އިސްލާހުވުމަށް ގޮވާލަން،އަދި މައިންބަފައިނަށް ހެޔޮކޮށް ހިތުމަކީ ދަރީންގެ މައްޗަށް ވާ ވާޖިބެއް.

    47
    3
    • މެޒޯ

      އަންހެން ދަރިފުޅާ މަންމަޔާ އެކުވުމުން ދެމައިން ކިއަސް އޯކޭ
      ފިރިހެން ދަރިފުޅާ ބައްޕަޔާ އެކުވުމުން ދެބަފައިން ކިޔަސް އޯކޭ
      ދެން ސުވާލަކީ ފިރިހެން ދަރިފުޅާ މަންމަޔާ އެކުވުމުން ކިޔާނީ ކީކޭހޭ ގައިމުވެސް ދެބަފައިން ކިޔާކަށް ނުގުޅޭ، މިހާލަތުގަވެސް ކަމުދަނީ ދެމައިން ކިޔަން..
      އެހެންވިއްޔާ އަންހެން ދަރިފުޅާ ބައްޕަޔާ އެކުވުމުން ވެސް އިސްކަން ދޭންވާނީ ބައްޕަޔަށް އެހެން ވުމުން މިހާލަތުގަ ކިޔާނީ "ދެބަފައިން"

      41
      1
  6. ކަމަރު

    ކޮމެންޓް ކުރާމީހުން ކޮމެންޓް ކުރަނީ އަސްލު މައްސަލައާ ގުޅޭވާހަކައަށް ނޫން . އަސްލު ވާހަކަ އަކީ އިންޑިއާގެ ބައެއް ހޮސްޕިޓާތަކުން އާސަންދަ ކަނޑާލިވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ އާސަންދަ މިހާރު ދައުލަތަށް ބޮޑު ބުރައަކަށް ވެއްޖެ ކަމަށް އިބޫ އިހަށްރޭ ބުނި ވާހަކަ.

    57
    5
  7. އައްޔަ

    އަސްލު މެޒޯ މޯޑު ރުޅިގަދަވީ މިހާރު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން އާސަންދަ ނުލިބޭތީ

    50
    1
  8. އުރޯ

    ދިރާގުން އަވަހަށް މީރާއަށް ސެންޓްދީ ދެން ?

    51
    1
  9. ނޫސްކިޔާ މީހެއް

    އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ނޮމިނޭޓްވެސް މިހާތަނަށް ވީކަމެއް އެނގިފައެއް ނެތް.

    30