ދުނިޔޭގައި ދަތުރު ފަތުރުކޮށް އުޅުމަށް އެންމެ ރައްކާތެރި މަގަކީ ވައިގެ މަގެވެ. އެއާކްރާފްޓަކުން ދަތުރު ކުރާ އިރުގައި އަހަރެމެންނަށް އެހީތެރިވެ، ސަލާމަތީ ކަންކަން ދައްކުވައިދޭން ތިބޭ ބަޔަކީ ކެބިން ކުރޫ އިން ނުވަތަ ފްލައިޓް އެޓެންޑެންޓުންނެވެ. ނަމަވެސް ދާދި ފަހުން ހިނގައި ދިޔަ ހާދިޘާ އަކާއި ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން ފޮޓޯ އިން ތިޔަ ފެންނަ އެޓެންޑެންޓަށް އަންނަނީ ލިބެމުންނެވެ.

އެއާކްރާފްޓެއްގެ ސީޓު މަތީގައި ހުންނަ އޯވާ ހެޑް ބިން ތަކަކީ އަހަރެމެންގެ ހޭންޑް ލަގެޖް ލުމަށް ތައްޔާރު ކޮށްފައި ހުންނަ ތަނެއް ނަމަވެސް، އެމެރިކާގެ ސައުތް ވެސްޓް އެއާލައިންސްގެ މުވައްޒަފުން އަންނަނީ އެތަން މުޅިން އެހެން ގޮތަކަށްވެސް ބޭނުން ކުރަމުންނެވެ.

ޕަސެންޖަރުން ހެއްވާލަން ކަމަށް ބުނެ އެ އެއާލައިނުގެ ފްލައިޓް އެޓެންޑެންޓުން ކުރާ ކަމަކީ އޯވާ ހެޑް ބިން ތެރެއަށް ވަދެ އޮތުމެވެ. ބައެއް މީހުންނަށް މިއީ މަޖާ ކަމަކަށް ވީ ނަމަވެސް، ގިނަ ބަޔަކު މިކަން ދެކެނީ ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި. މި ފޮޓޯ ނަގާފައިވާ މީހާ، އެކަމާއި ވަރަށް ބޮޑަށް ބިރުން ހުރެ މިކަން އެ އެއާލައިނުގެ ސަމާލުކަމަށް ގެނައުމުން އެމީހުން ދިން ޖަވާބަކީ އެއީ ޕަސެންޖަރުން ހެއްވާލަން ކުރާ ކަމެއް ކަމަށާއި އެމީހުން މަޝްހޫރު ވެފައި ވަނީ ވެސް އެފަދަ ކަންކަން ކުރުމަށް ކަމަށެވެ.

މިކަން ކޮށްފައި ވަނީ ފްލައިޓް ބޯޑު ކުރަމުން ދިޔަ ވަގުތު ނަމަވެސް، މީސް މީޑިއާގައި އެތައް ބަޔަކު އަންނަނީ މިކަމަށް ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.