ފޭސްބުކަކީ ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި އެންމެ މަޤުބޫލު އެއް އެޕްލިކޭޝަންއެވެ.

ފޭސްބުކްގެ ބޭނުން ކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް އަރާއިރު މިއަދަދު އަންނަނީ އިތުރުވަމުންނެވެ. ފޭސްބުކްގެ ޒަރީއާއިން އައު ރައްޓެހިންނާއި ބައްދަލުވެ ބައެއް ކަހަލަ މުހިންމު މައުލޫމާތުތަށް ތާޒާކަންމަތީ ލިބެން ހުރެއެވެ.

ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ފޭސްބުކަކީ ބޭނުން ކުރުން އެކަށީގެންވާ އެއްޗެއް ނޫނެވެ. ސަބަބެއް ކަމުގައި ސައިންސްވެރިން ބުނަނީ ފޭސްބުކް ބޭނުން ކުރުމުން ޑިޕްރެޝަންއާއި ނަފްސާނީ ބައެއް ކަހަލަ ބަލިތަކަށް މަގުފަހިވާތީއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮޕެހަންގެން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފޭސްބުކް ބޭނުން ކުރާ މީހުން ޑިޕްރެޝަންއަށް ދިޔުމުގެ ފުރުސަތު ބޮޑެވެ. އަދި ފޭސްބުކް ބޭނުން ކުރާ މީހުން އެކަކު އަނެކަކަށް ހަސަދަވެރިވާކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

ޑިޕްރެޝަންއަކީ އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ އެއް ބައްޔަށް ވާއިރު އެބަލީގެ ޝިކާރައަކަށްވެ މަރުވާ މީހުން މިދަނީ ދުވަހަށް ވުރެއް ދުވަހެއް އިތުރުވަމުންނެވެ. ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވުމާއި އަމިއްލަ ނަފްސަށް އެކި ކަހަލަ ގެއްލުން ދިނުމުގެ އިތުރުން ނަފްސާނީ ގޮތުން ބަލިކަށިވެގެން ދެއެވެ.

އަދި ފޭސްބުކް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލަމުންދާ ކަމަށާއި ބުލީކުރުން ފަދަ ނުބައި އާދަތަށް ފޭސްބުކް މެދުވެރިއަކަށްވެ ކުރަމުންދާ ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ.

އެހެންކަމުން ފޭސްބުކަކީ ބޭނުން ކުރަން ހެޔޮވާވަރު އެއްޗެއް ނޫން ކަމުގައި ގިނަ ސައިންސްވެރިން ދެކެއެވެ. އެއީ ފޭސްބުކްއިން ލިބޭ ފައިދާއަށް ވުރެ އެކަމުންވާ ގެއްލުން ބޮޑުވީމައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދެން

    މަށަށް ކުރިންވެސް އިނގޭ ތީ ފަައިދާއައްވުރެ ގެއްލުންބޮޑު އެއްޗެއްކަން އެހެންވެ ބޭނުން ނުކުރަނީ އެކަމް މައެބޭނުން ނުކުރާތީ މައަޕްޑޭޓް ނުވެޔޯވެސް ކިޔާ ބައެއް އެކުވެރިން...

  2. އިލްހާމް

    ފޭސްބުކް އަކީ އޮރިޖިނަލް ސިން އެއްކަމަށްވުން ވަރަށް ގާތް... އެވާހަކަ އިލްހާމް ބުނި

  3. Anonymous

    އެފްބީއަށް ބަލައިގެން ކަންބޮޑުވާނީ ހަޖަމްނުވާ މޮޔައިން. މިސާލަކަށް މުއްލާތައް

    • މުއުމިން

      ތިބުނެވޭ އެއްޗެއް ހަމަ ނޭނގި ހުރެތަ ތިބުނަނީ؟ވަރަށް ދެރަ

  4. އައިންތު

    އަހަންނަށް ފޭސްބޫކް އިން ކުރަނީ ހުސް ފައިދާ. އޭގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ލިބޭ.

  5. ބޯހަލާކު

    ޓުވިޓަރ އެކައުންޓ ތައް ބޮލޮކް ކޮއްގެންވެސް ސަރުކާރައް ކުރިއެރުމެއް ނުލިބިގެން ދޯ ތި އުޅެނީ. ފޭސްބުކް ތްރޫ ކޮއް ވެސް އެހުރިހާކަމެއް ވާތި. އެހެން ނޫނަސް ވަގުތަކީ މިހާރު މީހުން ނޯ ބުނެފަ އިން އެއޗެއް.

  6. ފޭސްބުކް

    އަހަރެން ވެސް ބޭނުމެއް ނުކުރަން ފޭސްބުކެއްއ އެކަމު ހަމަ ދިރިމިއުޅެނީ އެހެން މީހުން ހެން. ބައެއް މީހުން ހީކުރަނީ ފޭސްބުކްއައް ނުވެދުވެންްޏާ ދެން އެއީ މީހެއް ނޫނޭ.

    • Anonymous

      ހާހާހާ

  7. މަންޖެ

    މިކަހަލަ ތާކުންތާކު ނުޖެހޭ ދިރާސާތައް އެމެރިކާމީހުންނަށް ކުރަން އެނގޭނީ. ފޭސްބުކެއްނޫން ކޮންމެ އެއްޗެއްވެސް ހައްދުން ނެއްޓިގެން ބޭނުންކުރަންޏާ ނުވާނެ ކަމެއް ނޯންނާނެ. ފެންބޮއެގެންވެސް މަރުވެސްވާނެ.

  8. ޭެއޭނަ

    ރަނގަޅު ގޮތުގަައި ބޭނުން ކުރާ ނަމަ ފޭސްބުކް އަކީ ރަނގަޅު އެއްޗެއް...
    ?