ހޫނު ގަދަ ކާރެއްގެ ތެރޭގައި އެއްމާބަނޑު ދެކުދިން އެތައް ގަޑިއިރެއް ވަންދެން ބޭއްވުމުން އެދެކުދިން މަރުވި މައްސަލައިގައި އެކުދިންގެ ބައްޕަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ކުރިއަށް ގެންދިއުން ކޯޓުން މަޑުޖައްސާލައިފިއެވެ.

ޖުއާން ރޮޑްރިގޭޒް ނަމަކަށް ކިޔާ އެމެރިކާ މީހަކު އޭނާގެ އެއް އަހަރުގެ ދެ ދަރިން ކާރުގެ ތެރޭގައި ބޭއްވުމުން މަރުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެކުދިންގެ މަރުގެ މައްސަލައިގައި ޖުއާންގެ މައްޗަށް ވަނީ ގަސްދެއް ނެތި މީހަކު މަރާލުމުގެ ދައުވާ އާއި ފަރުވާކުޑަ އަމަލެއް ކުރުމުގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ އުފުލާފައެވެ.

ޖުއާން ބުނާ ގޮތުގައި އޭނާ ދަރިން ކާރުގެ ތެރޭގައި ބޭތިއްބުމަށް ފަހު އޭނާ ވަޒީފާ އަދާކުރާ ކްލިނިކަށް ވަނީ ދަރިން ޑޭ ކެއާ ސެންޓަރަށް ގެންދަން ހަނދާން ނެތިއެވެ.

ޖުއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް މިވަގުތަށް މެދުކަނޑާލަން ކޯޓުން ނިންމީ އިއްޔެ އެވެ. އެގޮތައް ނިންމީ ޝަރީޢަތް ކުރިއަށް ގެންދާނެ ޖޫރީންގެ ޕެނަލްގައި ތިބޭނީ ކިތައް ޖޫރީންތޯ ކަނޑައަޅަން ޕްރޮސެކިއުޓަރުންނަށް ފުރުސަތު ދިނުމަށެވެ.

ޝަރީޢަތް މިވަގުތައް މެދުކަނޑާލި ނަމަވެސް މިމައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ. ޕްރޮސެކިއުޓަރުން ބުނީ ޝަރީޢަތް މިވަގުތައް މެދުކަނޑާލި ނަމަވެސް ޖުއާންގެ މައްޗަށް ޝަރީޢަތް ހިންގާނެ ކަމަށެވެ.

ދެކުދިންގެ މަރުގެ ދައުވާ ޖުއާންގެ މައްޗަށް ކޮށްފައި ވީނަމަވެސް އޭނާގެ އަނބިމީހާ އާއި އާއިލާ މެންބަރުން ވެސް ގަބޫލު ކުރަނީ ދެ ކުދިން މަރުވީ އެކްސިޑެންޓަކުން ކަމަށާއި އެކަމުގައި ޖުއާންގެ ކުށެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދު

    ގަސްތަކާ ނުލާ ވިޔަސް ނުވިޔަސް... ދެން ހަމަ ބުނެވޭނީ ދަރީންނަށް އެއްވެސް ވަރަކަށް އަޅާނުލީމަ ވީ ކަމެއް ކަމަށް ދޯ ބެލެވޭނީ.. އެމެރިކާ ކޯޓު ތަކުގަ ތި ގޮތަށް ވާހަކަ ދެއްކިޔަސް ﷲ ގެ ހަޒްރަތުގަ ދައުވާ އަންނާނީ ހުކުމް އަންނާނީ ހަމަ ކަން ކަން އޮންނަ ގޮތަށް. މައިންބަފައިން ގެ ފަރާތުން އަމިއްލަ ދަރީންނަށް އެކަހަލަ ބޮޑެތި ކަންކަމެއް ނުވާނެ އެދެމީހުން ކުށުން އިހުމާލުން ނޫން ގޮތަކަށް ،. މައްސަލައަކީ އަދިވެސް އެއުޅެނީ ތިމާމެންގެ އަތުން ތިމާމެންގެ ދަރީން މަރުވީމާ ވެސް ކުށް ގަބޫލު ނުކޮށް ހެއްދެވި ގޮތަށް ތިބި އަލިފު ކަމަށް ގަބޫލު ކޮށް އެވެސް އެއްވެސް މައްސަލައަކަށް އެމީހުން ނަހަދާތީ. ދަރީން ދެކެ ލޯބި ވި މިންވަރު ވަރަށް ރަނގަޅަށް އެބަ ފެނޭ. ލޮލް.

    2
    3