ކާމިޔަބާކީ ބުރަކޮށް މަސައްކަތް ކުރާ މީހާގެ ޙައްޤެކެވެ. މުޖުތަމަޢުގައި ތިމާގެ ފަންތީގެ ފަރަގަކަށް ނުވަތަ އަތުގައި ފައިސާ ހުންނަ ގިނަ މިނެއްގެ މައްޗަށް ކާމިޔާބު ބިނާ ވެގެން ނުދާނެއެވެ. މިކަމުގެ ހެކި ފެންނަން އޮތީ އަވައްޓެރި ޕާކިސްތާންގެ ޕަންޖާބުންނެވެ.
ޕަބްޖާބް ޖުނިވަސިޓީގައި ކިޔަވަމުން އައި ނޮޝާބާ ޒަފަރު އަކީ ޓްރަކް ޑްރައިވަރެއްގެ ދަރިއެކެވެ. އާއިލާ އަކީ މާލީ ގޮތުން ފުދުންތެރި އާއިލާއެއް ނޫނެވެ. ނަމަވެސް ނޮޝާބާ ވަނީ ޕަންޖާބު ޔުނިވަސިޓީގެ 137 އަހަރުވީ ތާރީޚްގައި މިހާތަނަށް އެއްވެސް ކުއްޖަކަށް ނުލިބޭ ވަރުގެ މަތީ މާކްސްއެއް ހޯދާފައެވެ.
ބެޗްލާސް އޮފް ސައިންސް ކޯހުގެ ނަތީޖާ އަންގާރަ ދުވަހު އާއްމު ކުރިއިރު ނޮޝާބާ އަށް ވަނީ 800 މާކްސްގެ ތެރެއިން 714 މާކްސް ލިބިފައެވެ. މިއީ މީގެ ކުރިން އެޔުނިވަސިޓީގެ އެއްވެސް ދަރިވަރަކަށް ހޯދުނު ކާމިޔާބެއް ނޫނެވެ.
ނޮޝާބާ މިފަދަ ކާމިޔާބެއް ހޯދި ޚަބަރު ފެތުރިގެން ދިއުމާއި އެކު އޭނާގެ ގެއަށް އެތައް ބަޔަކު ޒިޔާރަތްކޮށް ދަނީ މަރުޙަބާ ކިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން ގެންދަނީ އޭނާ އަށް ފައިސާގެ އިނާމުތައް ވެސް ދެމުންނެވެ. ޕަންޖާބު ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ނިއާޒް އަހުމަދު އަޚްތަރު ވެސް ވަނީ ނޮޝާބާ އަށް ހަދިޔާއެއްގެ ގޮތުގައި އެއްލައްކަ ރުޕީސް ދީފައެވެ.
ނޮޝާބާ ބުނާ ގޮތުގައި އޭނާ ބޭނުން ވަނީ މާސްޓާސް ފުރިހަމަ ކުރުމަށް ފަހު އެހެން މީހުންނަށް ތައުލީމް އުގަންނައިދޭ މީހެއްގެ ގޮތުގައި އެހެން މީހުންނަށް އެހީވާށެވެ.
އަދި އޭނާގެ ބައްޕަ އާއި އާއިލާ އިން އުފާވާނެ ފަދަ ނަތީޖާއެއް ނެރެދޭ ދަރިއަކަށް ވުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.
ނޮޝާބާގެ ކާމިޔާބީ އާއި ގުޅިގެން މީސް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުޙަބާ ކިޔަމުންނެވެ.
މަރުޙަބާ...ނޮޝާބާ
ތީމައިންބަފައިނގެ ބަސްއަހާކިޔަމަންތެރިދަރިން ތީލާމަސީލުނަމޫނާދަރިން މަރުހަބާނޮސާބާ