ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ކިޑްނީ އަކީވެސް މުޙިއްމު އަދި ބޭނުންތެރި މަސައްކަތްތަކެއް އަދާކޮށްދޭ ގުނަވަނެކެވެ. ހަމައެހެންމެ، ކިޑްނީ އަށް ޖެހޭ ތަފާތު ބަލިތައް، މިހާރަކަށް އައިސްވަނީ އިތުރުވެސްވެފައެވެ.

އެހެންކަމުން، ކިޑްނީގެ ދުޅަހެޔޮކަމަށް ތިމާގެ ކެއިންބުއިމުގައި ހިމެނޭނެ ބައިތަކަކީ ކޮބައި ހެއްޔެވެ؟

ފިޔާ

ކާބޯތަކެތި ތައްޔާރުކުރުމުގައި އާއްމުގޮތެއްގައި ބޭނުންކުރާ ފިޔާއަކީ ކިޑްނީގެ ސިއްހަތަށް ރަނގަޅު އެއްޗެކެވެ. މިއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ އެއްޗަކަށްވާއިރު އޭގައި އެކުލެވޭ ކުއާސެޓިން މާއްދާއަކީ އިންފްލެމޭޝަނުން ދުރުވުމަށް ވަރަށް ރަނގަޅު މާއްދާއެކެވެ. މި މާއްދާއަކީ ކިޑްނީގެ ބަލިތަކާއި އެނޫންވެސް ގިނަ ސިއްހީ މައްސަލަތަކަކުން މީހާ ދުރުކުރުމަށް މަގުފަހިކުރުވާ މާއްދާއެއްކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކެބެޖު

ބާޒާރުން ފަސޭހަކަމާއެކު ލިބެން ހުންނަ ކެބެޖަކީވެސް މިކަމަށް ހަމަ ވަރަށް ރަނގަޅު އެއްޗެކެވެ. ކެބެޖުގައި އެކުލެވޭ ސަލްފާ ކޮމްޕައުންޑު މާއްދާތަކުގެ ސަބަބުން ހަށިގަނޑު ސާފުކޮށްދޭއިރު ގިނަ އަދަދަކަށް ޕޮޓޭޝިޔަމް އެކު ނުލެވޭތީ ކިޑްނީއަށް ދިމާވާ މައްސަލަތައް އަވަހަށް ފަސޭހަވުމަށްވެސް މަގުފަހިކޮށްދެއެވެ.

ރެޑް ބެލް ޕެޕަރ

ކެބެޖެކޭ އެއްގޮތަށް ރެޑް ބެލް ޕެޕަރގައިވެސް ގިނައިން ޕޮޓޭޝިޔަމް ނުހިމެނޭތީ، މިއީ ކިޑްނީއަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުވުމަށް އެހީއަކަށް ވެދެއެވެ. ހަމައެހެންމެ، މިއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ބާވަތަކަށްވުމުންވެސް، ކިޑްނީގެ ދުޅަހެޔޮކަމަށް އިތުރު ބާރަކަށް ވެދެއެވެ.

ތަފާތު ވައްތަރުގެ ބެރީ

އެކި ބާވަތްތަކުގެ ބެރީތަކުގައި އެކުލެވޭ އެންޓިއޮކްސިޑަންޓް ސިފަތަކަކީވެސް ކިޑްނީއަށް ދިމާވާ މައްސަލަތަކުން ދުރުވުމަށް އޮތް ވަރަށް ބޮޑު އެހީއެކެވެ. ބެރީއަކީ ކޮންމެ ގޮތަކަށްވެސް، ކޮންމެ ބޭނުމަކަށްވެސް ބޭނުންކޮށްލެވޭ އެއްޗެއްވެސްމެއެވެ. ހެނދުނުގެ ނާސްތަކަމުގައިވިޔަސް އަދި ރޭގަނޑުގެ ކެއުންކަމުގައިވިޔަސް، މިއީ ހަމަ ބޭނުންކޮށްލަން ނުހަނު ރަނގަޅު އެއްޗެކެވެ.

މި ބާވަތްތަކުގެ އިތުރުންވެސް އެތައް އިތުރު ބާވަތްތަކެއް، ކިޑްނީގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންކުރެވިދާނެއެވެ. އެގޮތުން ކޯލީފްލާވަރ، މަޝްރޫމް އަދި ކްރެންބެރީ ޖޫހަކީ ފާހަގަ ކޮށްލެވޭ އެހެން ބާވަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކިމް

  އެޖެންޑާ 19

  1
  1
 2. ފެން

  ޢަސްލު ފެނުގެ ވާހަކަ މިތާ ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރަން... ކިޑްނީ ބަލިތަކުން ދުރުވުމަށް ދުވާލު ގިނައިން ފެންބުއިން މުހިއްމު!
  ޢަދި ރޭގަނޑު ނިދަން ކައިރިކޮށް ގިނަ ފެން ނުބޮއި މަސާނާ ހުސްކޮއްގެން ނިދުން މުހިއްމު!