ކާރުން މޮޅެތި ސްޓްންޓްތައް ޖައްސާ ހެދުމަކީ ވަރަށް ގިނަ ޒުވާން ފިރިހެން ކުދިން ކުރަމުން އަންނަ ކަމެކެވެ. ފޮނި ދައްކަން ނަމަވެސް މިއީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ސްޓަންޓް ޖައްސަނިކޮށް ދެ ޒުވާނަކަށް މި ވަނީ ބޮޑު ލަޑެއް ލިބިފައެވެ.

ދެ ޒުވާނަކު އިންޑިއާގެ ދިއްލީގެ މަގެއްގެ މަތީގައި ސްޓަންޓް ޖައްސާ ވީޑިއޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މި ދެ ޒުވާނުންނާއި ބައްދަލުކުރިއެވެ. އަދި އެ މައްސަލައާ ގުޅިގެން ޖޫރިމަނާ ދައްކަން ވަނީ އަންގާފައެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ދުއްވަމުން ދިޔަ ކާރުގެ ފަހަތުގައި ހިފަހައްޓައިގެން އެކަކު ސްކޭޓް ކުރާ މަންޒަރެވެ. އަދި ކާރުގެ ފަހަތު ބިއްލޫރި ދޮރު މަތީގައި އެކަކު ހުންނަ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

ފުލުހުން ވަނީ އެ މީހުން ދުއްވި ކާރުވެސް ހޯދާފައެވެ. އަދި ޓްރެފިކްގެ ގަވާއިދާއި ހިލާފުވި މައްސަލާގައި ނޯޓިސްވެސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު