މިދުވަސްކޮޅަކީ އޭރިއާ 51 އާއި އެކު އޭލިއަންގެ އަޑު ވަރަށް ގަދައަށް އިވެމުންދާ ދުވަސްކޮޅެކެވެ. ނަމަވެސް، ދާދި ފަހުން އަންހެނަކު މިވަނީ އޭލިއަނެއްގެ ދަރިއަކަށް ބަލިވެ އިންކަމަށް ދައުވާ ކޮށްފައެވެ.

ނަން ހާމަ ކޮށްފައި ނުވާ މި އަންހެން މީހާ އާއްމު ކޮށްފައިވާ ވީޑިއޯ އެއްގައި ބުނެފައި ވަނީ އޭނާ މަސައްކަތް ކުރަމުން އައީ ފްރާންސްގެ ލެބޯޓަރީ އެއްގައި ކެމިސްޓްރީ ސާމްޕަލްތައް ތަހުލީލު ކުރާ މީހެއްގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް އެތަނުގައި ސިއްރު ކޮޓަރިއެއް އިންނަ ކަމަށެވެ. އެއް ދުވަހު އެ ކޮޓަރިއަށް ވަނުމުގެ ފުރުސަތު އޭނާ އަށް ލިބުނު އިރު، އެތާ ތެރޭގައި އިނީ ޓައިމް މެޝިނެއް ކަމަށް އެ އަންހެން މީހާ ބުންޏެވެ.

މިކަމަށް ދައުވާ ކުރާ މީހާ އޭލިއަން ދަރީގެ ސްކޭނެއް ދައްކަނީ

2 އަހަރު ވަރު އެތަނުގައި މަސައްކަތް ކުރުމަށް ފަހު ޓައިމް ޓްރެވަލް މެޝިން ބޭނުން ކުރުމުގެ ފުރުސަތު އެ އަންހެން މީހާ އަށް ލިބިގެން ދިޔައެވެ. އަދި އޭނާ އަށް ދެވުނީ 3500 ވަނަ އަހަރެށެވެ. އެ މީހާ ބުނީ އޭރު އޭލިއަނުންނާއި އިންސާނުން ހަނގުރާމަ ކުރަނީ ކަމަށާއި، އިންސާނުން ބަލިވުމުން ހޮސްޓޭޖްގެ ގޮތުގައި ނެގި މީހުން ތެރޭގައި އޭނާވެސް ހިމެނޭ ކަމަށެވެ. އަދި އެނބުރި އަސްލު ދުނިޔެއަށް ނާދެވި 1 އަހަރު އޭނާ ހުންނަން ޖެހުނެވެ.

އެހެން ނަމަވެސް، އަހަރެއް ފަހުން ކުއްލިއަކަށް އޭނާ އަށް އަސްލު ދުނިޔެ އަށް އާދެވުނު އިރު، ހާލު ދެރަވެގެން ހޮސްޕިޓަލަށް ގޮސް ޓެސްޓު ހެދި އިރު އޭނާ އޭލިއަން ދަރިއަކަށް ބަނޑުބޮޑު އިން ކަމަށް އޭނާ މައުލޫމާތު ދެއެވެ. އަދި ޓައިމް ޓްރެވަލް ކޮށް 3500ވަނަ އަހަރުގައި އޭނާ ހޭދަ ކުރި 1 އަހަރަކީ އަސްލު ދުނިޔޭގެ އެންމެ 3މަސް ކަމަށްވެސް އެ އަންހެން މީހާ ބުނެއެވެ.

މި ވީޑިއޯ މީސް މީޑިއާގައި އާއްމުވެފައި ވާއިރު، އޭނާގެ މޫނެއް ނުފެނެއެވެ. މިއީ ގަބޫލު ކުރަން ވަރަށް ދަތި ވާހަކައެއް ކަމުގައި ވާއިރު، ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ ސަމާލުކަން ހޯދުމުގެ ގޮތުން އެ އަންހެން މީހާ ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުނިޔަ

    ލޮލް.

    38
    3
  2. އަލީ

    ހެހޭ ވެރީ ފަނީ

    23
    1
  3. ޢިސްދޫ މީހާ

    ނަސީބެއްނު ކަމްބަޅި އަކައް ބަލިވެ ނީންކަން??

    23
    2
  4. ނުރަބޯ

    ކާފަރުން އެހެން އުޅޭނެ އަޅާނުލާ.

    17
    2
  5. ޓުޓޫ

    ގަޅި ވިޔަސް ބޮނޑަވަރަ

    21
    1
  6. Anonymous

    ?????????????????????????????????

    10
    1
  7. ޒައި

    ލޮލް ??

    4
    1