މަޝްހޫރު ފަންނާނުންގެ ކޮންމެ ފެނިލުމަކީވެސް އެތައް ބައެއްގެ ސަމާލުކަން ލިބޭ ކަމެކެވެ. ހަމަ އެހެންމެ އެފަދަ ފަރާތްތަކުން ބޭނުންކުރާ ތަކެއްޗާއި ލާ އަންނައުނާއި ބެހޭ މައުލުމާތުގެ އިތުރަށް މިއިން ކޮންމެ ފެނިލުމެއްގެ ޚަރަދު ހިސާބުކޮށް ބަލާ މީހުން ގިނައެވެ. މިފަހަރު މީޑިއާ އާއި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި މިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި، ޕްރިޔަންކާ ޗޯޕްރާ، އޭނާގެ އެންމެ ފެނިލުމަކަށް ކޮށްފައިވާ ޚަރަދުގެ ވާހަކައެވެ.

ޕްރިޔަންކާގެ ކޮންމެ ފެނިލުމަކަށްވެސް އޭނާ އާދަޔާއި ޚިލާފަށް ބޮޑު ޚަރަދެއް ކުރާއިރު، ސަޕޯޓަރުންނަށް އޭނާގެ އަގުބޮޑު މި ފެނިލުން ފެނިފައި ވަނީ ނިއުޔޯކް ސިޓީގައި އޭނާ ދިރިއުޅޭ ލަގްޒަރީ އެޕާޓްމަންޓުން ނިކުތް ވަގުތުގައެވެ. އެވަގުތު އޭނާއަށް ސަޕޯޓުކުރާ ފަރާތްތަކާއި ނޫސްވެރިން ގިނަ އަދަދަކަށް އެ ސަރަޙައްދަށް އެއްވެ އޭނާގެ ފޮޓޯ ނަގާފައި ވެއެވެ.

ދާދިފަހުން އޭނާގެ 37 ވަނަ އުފަން ދުވަހުގެ ހަފްލާ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އޭގެ ހަފްތާއެއް ފަހުން ޕްރިޔަންކާ އަނެއްކާވެސް މިވަނީ މީޑިއާގެ ކުރިމައްޗަށް "ފެނިލާފަ"އެވެ. އޭނާ ލައިގެން ހުރި ހެދުމާއި އަތުގައި އޮތް އަތްދަބަސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތްއިރު، ހެދުމުގެ އަގު އިންޑިއާގެ 78000 ރުޕީސްއަށް އަރައެވެ. އަދި އަތްދަބަހުގެ އަގު އިންޑިއާގެ 4.7 ލައްކަ ރުޕީސް އަށް އަރާއިރު މިއީ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭނާގެ ފެނިލުންތަކާއި ގުޅޭގޮތުން ދެއްކި ވާހަކައެއްގައި ޕްރިޔަންކާ ބުނެފައިވަނީ، ގިނަ ބަޔަކަށް އޭނާ ހެދުން އަޅާ ގޮތާއި އޭނާގެ "ސްޓައިލް" ކަމުދާ ކަމަށެވެ. ނަމަވެސް އޭނާއަކީ މާބޮޑަށް "ޝޮޕިންގ" ކުރާހިތްވާ މީހެއް ނޫން ކަމުގައި އާއި، ހެދުން އިޚްތިޔާރު ކުރުމުގައި ވަކި ޚާއްސަ ކަމަކަށް އޭނާ ސަމާލުކަން ނުދޭ ކަމަށެވެ.

ހަމަ އެހެންމެ އޭނާގެ ފިރިމީހާ، އަދި އެމެރިކާގެ މަޝްހޫރު ލަވަކިއޔުންތެރިޔާ ނިކް ޖޯނަސްއަށް ވެސް ފެޝަނާއި ގުޅުންހުރި "ޝޮޕިންގ" ކޮށްނުދޭ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ. ޕްރިޔަންކާ ބުނެފައިވާގޮތުގައި، އޭނާ އާއި ޚިލާފަށް ނިކް އަކީ އަބަދުވެސް ވަކި ޚާއްސަ ސްޓައިލެއް ދަމަހައްޓަން ބޭނުންވާ މީހަކަށްވާތީ އެ ސްޓައިލް އޮންނަނީ ފިރިމީހާގެ އަތްމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަބީބު

    ދުނިޔޭގައި ތިމީސްމީހުން އުފަލުގައި އުޅެ ފެންވަރު ދައްކާލާށެވެ. ތިތިބަގޮތަށް ތިބެ މިދުނިޔެ ދޫކޮށްފިނަމަ ދެން އޮތް ޙަޔާތް ވޭތިކުރުންވަނީ ވޭންލިބެނިވި ޢަޒާބުގައެވެ. ފޭނުން ، ފައިސާ ، މޮޅުރީތި ގެދޮރު ، ބޭނުންބާވަތެއްގެ ކާނާ ނުހުންނާނެއެވެ. މީނަޔަށް މިކަން ވިސްނައިދޭނީ ކާކުހެއްޔެވެ؟

    76
    1
    • ކެނެޑީ

      ހާދަ ޖޭވެޔޯ ދޯ ދީނުގަ އޮތީ ތިމާއަށްވުރެ ދަށްމީހުންނަށް ބަލައިގެން ޝުކުރުކުރަން

      1
      17
  2. ސުނީތާ

    މަމިހުރީ އެއްނު

    10
    1
  3. ބައްތި

    ދިވެހިންގެ ގެތަކުން ބަރަކާތް ކެނޑިގެންދާނޭ ކަންކަން ގިނަވަމުން ގޮސް ކަށީގައި ހިފާފައި ވުމީ ހިތާމަ ކުރާކަމެއް .ދުވާލާއި ރޭގަނޑު ބޮޑުބައެއް ވަނީ ހިންދޫންގެ ޓީވީޗެނަލްތަކުން ހިސޯރުކޮށްފައެވެ. ފެންނަ މަންޒަރަރާ އަޑަކީ މުޅިން ދީނާދުރު އެއްޗެއްޗެސެވެ. ފާހިޝްކަމާއި މުންކަރާތެވެ. ޝިރުކުކުރާ މަންޒަރެވެ.
    ދަންނާށެވެ. މިއީ ބޮޑުވެގެންވާ ފިތުނައެކެވެ. ފައިދާޢެއް ނެތްކަންކަމުގައި ތިމާގެ އުމުރުގެ ދުވަސްތަށް ބޭކާރު ގޮތުގައި ނަގާނުލާށެވެ.ތިމާމެންގެ މުދާ ބޭކާރުގޮތުގައި ހޭދަނުކުރާށެވެ. ވަގުތު ދޭން ވާޖިބު ކަންކަމުގައި ވަގުތު ހޭދަކުރުމަށް އިސްކަންދޭށެވެ.
    މިކަންކަމަށް ޖަވާބު ދޭންޖެހޭނެ ދުވަހެއް އަހަރެމެންނާ ބައްދަލްކުރާނޭ ކަން މަޝްރިޤް އާއި މައުރިބްގެ ވެރިރަސްކަލާންގެ ވަނީ އިންޒާރު ކުރައްވާފައިކަން ހަނދާން ކުރާށެވެ.

    30
    1
  4. ހައްވަ

    ތިޔެއް އެހާ ރީތި ހެދުމެއްނޫން ތިޔަބުނާހާ .

    34
  5. ސަޓޯ

    ދުނިޔޭގަ އުޅުން ވެސް އޭނައަށް ބޭނަކަށް ވެފަދޯ އޮންނާނީ

    15
  6. ނާނާ

    ޖަޕާން ފައިސާއިން އަގު ކުރީމަ އަދި މާބޮޑުވާނެ ދޮއްތަ

    23