މިއީ މީ ގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މިއީ ހާދިސާ ދިމާވި ފަރާތުން ވަގުތަށް ދީފައިވާ މަޢުލޫމާތު ގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާ ދިމާވި ފަރާތުގެ އެދުމުގެ މަތިން ލިއުމުގައި އަސްލު ނަންތައް ބޭނުންކުރެވިފައި ނުވާއިރު ބައެއް އުނި އިތުރުތައް ގެނެވިފައި ވާނެއެވެ.

އަހަރެންގެ ނަމަކީ ނަޝާ (އަސްލު ނަމެއް ނޫން) އެވެ. އަހަންނަކީ ތިނަދޫއަށް އުފަން މީހަކީމެވެ. ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ދިރިއުޅެނީ މާލޭގައެވެ. ރަށަށް ދެވުނީ މުޅި އުމުރުގައި ވެސް އެންމެ ދެވަރަކަށް ފަހަރުގައެވެ. މާލޭގައި އަހަރެން .ދިރިއުޅެމުންދަނީ މަންމައާއި އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައާއި އަދި ފިރިހެން ކޮއްކޮއަކާއި އެކުއެވެ.

އެއީ މީގެ 18 ވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 17 އަހަރެވެ. އަހަރެން އޭރު އުޅުނ މާލޭގެ ސްކޫލެއްގެ ގްރޭޑް ދިހައެއްގައި ކިޔަވަމުންނެވެ. އެ އަހަރު އަހަރެން ކިޔަވަމުންދިޔަ ސްކޫލަށް ވަންނަންވެގެން ބައްޕަގެ ރައްޓެއްސެއްގެ ދަރިފުޅު، އާމިރު ވެސް ރަށުން މާލެ އައެވެ. އަހަރެންގެ ބައްޕައާއި އާމިރުގެ ބައްޕައާއި ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ބައްޕަ އާމިރު ބެހެއްޓީ އަހަރެމެން ކުއްޔަށް ހިފާފައިހުރި ގޭގައެވެ.

އާމިރަކީ ވެސް އަހަންނާއި އެއް އުމުރެއްގެ މީ ހެކެވެ. އޭނާވެސް ކިޔަވަމުން އައީ އަހަންނެކޭ އެއްފަދައިން ގްރޭޑް ދިހައެއްގައެވެ. އާމިރު މާލެ އައިސް އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އަހަންނަކާއި އޭނާއާއި ދެމެދު މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ކަމެއް ޖެހި މަޖުބޫރުވެގެން ނޫން ގޮތަކަށް އަހަރެން އޭނާއާއި ވާހަކަދައްކައި ނޫޅެމެވެ. އެހެން ނަމަވެސް އޭނާ އަބަދުވެސް އަހަންނާއި "ގުޅެން އުޅޭ"ކަން އަހަންނަށް ފާހަނގަ ކުރެވެއެވެ.

އާމިރަކީ އަހަރެން މާ ގަޔާވާފަދަ ސިފަތަކެއް ހުންނަ މީހަކަށް ނުވުމުން އަހަރެން އޭނާއާއި ވާހަކަ ދައްކަން "ވަރަށް ފޫހި"ވެއެވެ. ގިނަ ވަގުތު އޭނާ އުޅެމުންދަނީ ގްރޫޕްތަކާއި އެކު މަގުމަތީގައެވެ އޭރު މާލޭގައި ދިރިއުޅޭ އަހަރެންގެ ލޯބިވެރިޔާ ވާފިރުވެސް އާމިރު މަގުމަތީގައި އުޅޭގޮތް ފެނިފައި އޭނާއާއި މާބޮޑަށް ގުޅުން ބަދަހި ނުކުރުމަށް އަހަންނަށް ނަސޭހަތްތެރިވެއެވެ. މިގޮތުގައި އަހަރު ނިމިގެން ނަތީޖާއަށް އިންތިޒާރު ކުރަމުން ދަނިކޮށް އެއް ދުވަހަކު އާމިރު ގެޔަށް އައިގޮތަށް އައިސް އަހަރެން ކައިރީ ގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އޮތް ވާހަކަ ބުނެ ގޭތެރެޔަށް ވަދެގެން ދިޔައެވެ.

އޭނާ ހީކުރ އަހަރެން އޭނާ އެހެން ބުނީމައި ފަހަތުން ގޮސް އެއީ ކޮން ވާހަކައެއްތޯ ބަލަން ބޭނުންވާނެކަމަށެވެ. އެހެން ނަމަވެސް އެ ވާހަކައަށް ބީރު ކަންފަތެއް ދީ، ކުރަން ހުރިކަންތަކާއިގެން އަހަރެން ކުރިޔަށް ދިޔައީމެވެ. އަހަރެންގެ ހަބަރެއް ނުވުމުން އޭނާ ގޭތެރެއިން ނިކުމެގެން އައިސް އަހަރެންގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ.

"އަހަންނަށް ނަޝާދެކެ ލޯ ބިވެވިއްޖެ، އަހަރެން ބޭނުން ނަޝާއާއި އިނދެގެން ދިރިއުޅުމެއް ފަށަން،" އާމިރު ވަރަށް ސާބިތުކަމާއެކު ބުނެލިއެވެ.

އާމިރުގެ އެ ވާހަކަ އަޑުއަހާފައި އަހަރެންގެ ގާތަށް އައީ "އަލިފާން ރުޅި"އެވެ. ކަލެތީ ހާދަ ގޮތެއްފޮތެއް ނެތް ފިރިހެނެކޭ ދޯ؟ ތިކަހަލަ މީހަކާ އެކީ ނޫޅެވިގެން ދޯ މަ މި އުޅެނީ؟" އަހަރެން އޭނާއާއި ދިމާލަށް ލޯބޮޑުކޮށްލާފައި ރުޅިވެރި ގޮތަކަށް ބުނީ މެވެ. އަދި އެއީ އަހަރެން އެއްގޮތަކަށްވެސް އަހަން ބޭނުންވާ ވާހަކައެއް ނޫންކަމަށާއި ދެން އެފަދަ ވާހަކައެއް ދައްކައިފިނަމަ ވަގުތުން ބައްޕަމެން ކައިރީގައި ބުނާނެ ކަމަށްވެސް އަހަރެން ބުނީމެވެ.

އޭގެފަހުން އާމިރުގެ އުނދަގޫ ކޮންމެވެސް ވަރަކަށް އަހަންނަށް އައީ ޖެހެމުންނެވެ. އެ ވާހަކަ ވާފިރުއަށް ކިޔައި ދިނުމުން އޭނާގެ ގައިގައި .ތަޅައިގަންނަންވެސް އުޅުނެވެ. އެހެން ނަމަވެސް އަހަރެން ވާފިރު ހުއްޓުވައި އެފަދަ ކަމެއް ކުރެވުނަ ނުދީ ހިފެހެއްޓީ މެވެ. އޭނާ ވާފިރުއަށް ކޮންމެފަދަ އަނިޔާއެއްވެސް ކޮށްފާނެކަން އަހަންނަށް އެނގޭތީއެވެ.

އެއް ދުވަހެއްގެ ދަންވަރު އަހަރެން ގަދަ ނިދީގައި އޮއްވައި އުނދަގުލެއް ވާހެން ހީވެގެން ހޭލެވުނެވެ. އޭރު ކައިރ ގައި މީހަކު ހުރެގެން އަހަރެންގެ ބޮލުގައި ފިރުމަނީ އެވެ. ފުރަތަމަ އަހަރެން ހީކުރީ އެއީ މަންމަ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހަރަކާތްތައް "މާ މައްޗަށް" ގޮސް އަހަރެންގެ ގައިގައި އަތްލާން ފެށުމުން އެއީ މަންމަ ނޫންކަން ޔަޤީންކުރެވި، ފުންމައިގެން ތެދުވެ ކައިރީ ގައި ހުރި ސުވިޗުން ކޮޓަރީގެ ބޮކި ޖައްސާލީމެވެ. އެވަގުތު އަހަންނަށް އެ ނުލަފާ އާމިރު އަހަރެންގެ ކައިރީގައި ނުލަފާ ހިންޏެއް އައިސްފައި ހުރިތަން ފެނުނެވެ.

ވަގުތުން އަހަރެން ހަޅޭލަވައިގަންނަށް އުޅުނީމެވެ. އެހެން ނަމަވެސް އާމިރު އަހަރެންގެ އަނގަމަތީގައި އަތް އަޅައި ބާރަށް ފިއްތާލިއެވެ. ދެން އިތުރަކަށް އަހަންނަކަށް މީހެއްގެ އެހީތެރިކަމަށް އެދެވޭނެ ގޮތެއް ނުވިއެވެ. އާމިރު އަނެއްކާވެސް އަހަރެންދެކެ އޭނާ ލޯބިވާ ވާހަކަ ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީއެވެ.

ޖެހިގެން އައި ދުވަހު އަހަރެން އެވާހަކަ މަންމައަށް ކިޔައި ދިނ މެވެ. އޭރު އާމިރު އޭނާގެ އެއްޗެހިތައް ހިފައިގެން ގެއިން ނިކުމެގެން ގޮސްފިއެވެ. ވާފިރުކައިރީގައި އެ ވާހަކަތައް ކިޔައި ދިނުމުން އޭނާވެސް ހުރީ ހައިރާންވެ ދެރަވެފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އާމިރު ފުރައިގެން ރަށަށް ދިޔަ ޚަބަރު ލިބުނެވެ.

އޭގެ އެއް އަހަރު ފަހެވެ. އަހަރެން ހުރީ އާމިރުގެ ފުށުން ސަލާމަތްވެ ހަޔާތުގެ އެ ބަނަ ވިލާގަނޑުގެ ވިއްސާރަ ނިމުނީ ކަމަށް ނިންމައިގެން ވަރަށް ހިތްހަމަޖެހިފައެވެ. އެހެން ނަމަވެސް އެގޮތުގައި މާގިނަ ދުވަހެއް ނުވިއެވެ. ހުރިހާ ކަމަކުން ސަލާމަތްވީ ކަމަށް އުންމީދުކޮށްގެން ހުއްޓައި ހަޔާތުގައި ދެން ކުރިމަތިވީ ހީނުކުރާފަދަ މުސީބާތެކެވެ...

-ނުނިމޭ-

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުބި

    ހެހެހެ ފޭކު ވާހަކަލިޔަން

  2. ކިޔުންތެރިއެއް

    ކޮބާ ވާހަކައިގެ ބާކީ ހުރި ބައިތައް؟