ފައިސާއަކާ ނުލާ ދަތުރުކުރެވޭ ގޮތެއް ހޯދަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ހަމަ ކޮންމެ މީހަކުވެސް ދުނިޔެ ބަލާލާ، ދުނިޔޭގެ އެކިއެކި ތަންތަނަށް ދަތުރު ކޮށްލަން ބޭނުންވާނެއެވެ. އެހެން ނަމަވެސް މަދުވާނީ ހަމައެކަނި ފައިސާއެވެ. އެކަމަކު އުމުރުން 38 އަހަރު އިނގިރޭސި މޮޑެލް، އެލައިން ހެރިސްއަށް އެއީ މާބޮޑު ކަމެއް ނޫނެވެ. 10،000 މޭލަށް ދަތުރުކުރީ ހިލޭއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެލައިން އިނގިރޭސިވިލާތުން އޮސްޓްރޭލިއާގެ ސިޑްނީއަށްވެސް ދިޔައިރު، އޭނާގެ ދަތުރު ތަކަށް ބޭނުން ކުރީ ފްލައިޓް އަދި ޓްރެކްޓަރާއި ކާރުގެ އިތުރުން ފެރީތަކާއި ބަސް އަދި ޓުކްޓުކެވެ. އެލައިން ބުނެފައިވާ ގޮތުގައި އޭނާގެ ދަތުރުތައް ހަމަޖެއްސީ ހިތްހެޔޮ އެތައް ބައެއް ކައިރީ ކިޔައިގެން ކަމަށެވެ. އެލައިންއަކީ ދެކުދިންގެ މަންމައެކެވެ. ޖުލައިން 21 ވަނަ ދުވަހު ގެ ދޫކޮށް ދިޔައިރު، އޭނާ ވަނީ އިންގްލެންޑޫން، ފްރާންސް، ބެލްޖިއަމް، ޖަރުމަނު، ޗެކްސްލޮވާކިއާ، ސްލޮވާކިޔާ، ހަންގޭރީ، އިސްރާއީލް، ތައިލެންޑް، ކެމްބޯޑިއާ، ވިއެޓްނާމް އަދި މެލޭޝިއާގެ އިތުރުން އޮސްޓްރޭލިއާއަށްވެސް ހިލޭ ގޮސްފައެވެ.

އެލައިން 10 ދުވަހުގެ ޗެލެންޖް ފުރިހަމަ ކުރުމަށްފަހު އޮސްޓްރޭލިއާގެ ހާބަރ ބްރިޖު މަައްޗަށް އަރާ ހާއްސަ ފޮޓޯއެއް ނަގާފައިވެއެވެ. އާންމުކޮށް މީހުން އަތުން ހޯދާ ޕްރޮޓީން ބާގެ އިތުރުން އެލައިނާ ދުވަހަކަށް ކަނީ އެއްފަހަރުއެވެ. އެއީ އާންމު ރޭޓަކުން އޭނާއަށް ކެޔުން ލިބުނު ވަރެވެ.

ބައިސްކަލާ ކާރާ އެހެނިހެންވެސް ގޮތްގޮތުން އެލައިނާ ދަތުރު ފުރިހަމަ ކުރުމުން އޭނާއަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، މުޅި ދުނިޔޭގެ ނޫސްތަކުން ދަނީ އޭނާ ވާހަކަތައް ގެނެސްދެމުންނެވެ.