މިދިޔަ ހަފްތާގެ ތެރޭގައި އިވިގެން ދިޔަ އެންމެ ބޮޑު އެއް ހަބަރަކީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން 5ޖީ ތައާރާފް ކުރުމޭ ބުނެވިދާނެއެވެ. މި ހަބަރު ރާއްޖޭގެ އޮންލައިން ނޫސްތަކުން ރިޕޯޓް ކުރުމާއެކު، ހަމަ އެކަނި ސުރުހީ ކިޔާ މީހުން ވަނީ ވާއެއް ނުވާއެއް ނުބަލައި، ދިރާގަށް ފާޑު ކިޔަން ފަށައިފައެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ 5ޖީއަކީ ކޮންމެ ސްމާޓް ފޯނަކުންވެސް ބޭނުން ކުރެވޭ އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ލިބޭ ހިދުމަތެއް ކަމަށެވެ. ނަމަވެސް، 5ޖީ އަކީ މުޅި ދުނިޔެ އަށްވެސް ވަރަށް އައު ޓެކްނޮލެޖީއެއް ކަމުގައި ވާއިރު، މި ހިދުމަތް ލިބެނީ ވަރަށްވެސް މަދު ގައުމުތަކަކަށެވެ.

ދެކުނު އޭޝިޔާގެ ފުރަތަމަ 5ޖީ ލިބޭ ގައުމުގެ ޝަރަފް ދިރާގުން ރާއްޖެއަށް ހޯދައި ދީފައިވާއިރު، މިހިދުމަތް ލިބެނީ ރާއްޖޭގެ 3 ސަރަހައްދަކުންނެވެ. އެ ތިން ސަރަހައްދަކީ މާލެ، ވިލިމާލެ، އަދި އެއާޕޯޓްގެ ބައެއް ސަރަހައްދުތަކާއި، އައްޑޫ، ހިތަދޫގެ ބައެއް ސަރަހައްދުތަކާއި، ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދު ތަކަށެވެ.

ހަގީގަތުގައި 5ޖީ ލިބޭ ފޯނުތައްވެސް ދުނިޔޭގެ މާކެޓުގައި ވަރަށް މަދެވެ. ރާއްޖެއަށް އެންމެ އަވަހަށް 5ޖީ ލިބޭ ފޯނަކަށް އެތެރެ ކުރާނީ ވާވޭގެ މޭޓް އެކްސްއެވެ. މި ފޯނު ދުނިޔޭގެ މާކެޓަށް ނެރުނީ މީގެ 5 ދުވަސް ކުރިންނެވެ. އެއްވެސް އައިފޯނަކުން 5ޖީގެ ހިދުމަތް އަދި ބޭނުން ނުކުރެވޭނެއެވެ. އަދި މިއަހަރު އެޕަލްއިން ނެރެން ހަމަޖެހިފައިވާ ފޯނުންވެސް އެންމެ ފުރިހަމައަށް މި ހިދުމަތެއް ނުލިބޭނެއެވެ.

ހަމައެކަނި ހަބަރުގެ ސުރުހީ ކިޔާލާފައި އެތައް ހާސް ބަޔަކު "އަދިވެސް ބަރަވެލި ސްޕީޑް" އޭ ކިޔަމުން ދިޔަ އިރުގައި، ހަބަރުގެ ތަފްސީލް ކިޔައިލި ނަމަ، އެބޭފުޅުންނަށްވެސް 5ޖީގެ ހަގީގަތް އެނގިގެން ދާނޭ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން ދެން ފަހަރަކުންވެސް ހަމަ އެކަނި ހަބަރުގެ ސުރުހީ ކިޔައިލުމަށް ފަހު އެއްޗެހި ގޮވުމުގެ ބަދަލުގައި، ވާނުވާ ބެލުމަށް ފަހު، ފާޑުކިޔުން ބުއްދިވެރި ވާނެއެވެ. އެހެނީ، ހަގީގަތް ނުބަލައި އެއްޗެހި ކިޔާ މީހުންނަށް 5ޖީގެ ހަގީގަތް އެނގޭ ދިވެހީން ހިތާހިތުން ޖޯކު ޖަހާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަލީ

    ޢެސް.10 އަށް ލިބޭ

    16
    2
  2. ޙަހަ

    ރަނގަޅު ވާހަކަ އެއް ވަގުތު އެެއް ކަމަކު

    23
    6
  3. ޛރޖރ

    ގާމު އެޕަލް އައި ޕެޑަކުން އެ ތައާރަފު ކުރީވެސް.

    18
    5
    • ފިލްވ

      ވަގުތުން ބުނި އެންމެ ހަމަޖެހޭ ހަބަރު ނުވަތަ ރިޕޯޓު އަދި ލިޔުން.

      13
      1
  4. ޢަލިބެ

    އައްޗި! އުރީދޫ އިން ޕަބް ޖީ އޮންނާނީ މާކުރިން ނެރެފަ އެނގިއްޖެ!!

    5
    3
    • ޕަބްޖީ

      ލޮލް. ރިއަލް ގޭމަރސް ޑޯންޓް ޕްލޭ ޕަބްޖީ

  5. ފިރާގު

    މިއުޅޭނީ 5 ޖީ ނުލިބިގެން ތަ؟ ދިރާގުގެ 3ޖީވެސް ފުރިހަމައަށް ނުލިބޭ ރާއްޖެއަށް. އިންޓަރނެޓްވެސް ހީވަނީ ފިނި ހަކައެއް ދުވާހެން. އަބަދުވެސް އަޕްގުރޭޑްގަ. ކަސްޓަމަރުން އަތުން ފެލުން ނޫން ކަމެއް ނުވޭ.

    9
    2
  6. ސުކުން

    އެހެންވެ މަބުނީ ކަންނުވެ ނަންވީމާ އެޔަށް ތާރަ ޖަހާނެ މީހެއް އަދިނެތޭ..

  7. ސޯޝަލް މީޑިއާ

    ތެދު ވާހަކައެއް. އެޓެންޝަން ސީކާސް ހުސް ހަމަ. ރެލެވެންޓްވާން ޖެހޭނެ ވިއްޔާ. ސޯޝަލް މީޑިއާ ޕޮއިންޓް ކޮޅެއް ހޯދާލަން

    2
    1
  8. އަހްމަދު

    އެހެންވިއްޔާ 5ޖީގެ ޚިދުމަތް ދިވެހިރާއްޖެއަށް ތައާރަފް ކޮށްފީމޭ ނުކިޔާ ދިރާގުގެ ހެޑްއޮފީހަށް އެޚިދުމަތް ތައާރަފް ކޮށްފީމޭ ބުނިނަމަ ފާޑެއް ނުކިޔާނެ. ކޮންމެ ކަމެއްގާވެސް އޮޅުވާުލުންދޯ؟

    7
    1
    • ބޯހަލާކު

      އަނެއްކާވެސް ހަބަރު ނުކިޔާ ކޮމެންޓު ކޮށްފި. ބޯހަލާކު

      2
      1
  9. ޙަލޯ

    ބަލަ 5ޖީ ސުލޯ ވާހަކަ އެއް ނުދައްކަމެންނު! ދިރާގު ކަހަލަ ތާކުން ތާކުން ނުޖެހޭ ކުންފުންޏަކުން 5ޖީ ތާރަފް ކުރީމަ ފާޑުކިޔާނެ ދެއްތޯ! ދިރާގު ކިތައްމެ ޖީ އެއް ތާރަފް ކުރިޔަސް ދިރާގު އަކީ ބަރަވެލި ސޕީޑް ނެޓްވޯރކް އެއް!!
    ....ދިރާގު 4ޖީ..ލައްވާލީމާ 3ޖީ..އޮން ކުރީމަ 2ޖީ..ބޭނުން ކުރަން ފެށީމަ ނޯ ޖީ!!?‍♂️??