ޕެންޑާ އަކީ އެ ޖަނަވާރު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަމެއް ގެނުވާ ފަދަ "ކިއުޓް" ޖަނަވާރަކެވެ. ނަމަވެސް، ދާދި ފަހުން ޗައިނާގެ ޒުލެއްގައި މިވަނީ ވަރަށް ހިތާމަވެރި ހާދިޘާ އެއް ހިނގައިފައެވެ.

ވެރިރަށް ބެއިޖިންގެ ޒުލެއްގައި ނިދާފައި އޮތް ޕެންޑާ އަކަށް އަމާޒުކޮށް ޓޫރިސްޓުންތަކެއް ވަނީ ގައު އުކާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ގައު އުކުމުގެ ސަބަބުން އެ ޕެންޑާއަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައެވެ. މި މަންޒަރު އެހެން ޓޫސްރިޓުން ތަކަކަށް ފެނުމުން އެމީހުން ވަނީ އެތަން ވީޑިއޯ ކޮށް، މީސް މީޑިއާގައި ހިއްސާވެސް ކޮށްފައެވެ.

ގަހު ކުރިއަށް އަރާ އޮތް ޕެންޑާ

ދުނިޔޭގައި މިހާރު އުޅޭ ކަމަށް ބެލެވެނީ އެންމެ 1864 ޕެންޑާ ކަމުގައި ވާއިރު، ޗައިނާއިން ވަނީ ބައެއް ޕެންޑާތައް ދުނިޔޭގެ އެހެން ގައުމުތަކުގެ ޒޫތަކަށް ކުއްޔައްވެސް ދީފައެވެ. ޗައިނާއިން އާއްމުކޮށް ކުއްޔަށް ދޫކުރަނީ އަހަރަކު 1000 ޑޮލަރަށް 10 އަހަރުގެ މުއްދަތަކަށް ކަމުގައި ވާއިރު، އެ މުއްދަތު ތެރޭގައި ޕެންޑާ އެއް ވިހައިފިނަމަ، އެ ޕެންޑާވެސް ވާނީ ޗައިނާގެ ރައްޔިތުންގެ އެއްޗަކަށެވެ.

ޕެންޑާއަކީ ބަލާލަން ވަރަށް ހިތްގައިމު ޖަނާވަރަކަށް ވާއިރު، ޗައިނާ އިން އަންނަނީ މި ޖަނަވާރުގެ އަދަދު އިތުރު ކުރުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަހު

    ???

    12
    1