ބޮލީވުޑްގެ ތަރިންނަކީ އަބަދުވެސް އަގުބޮޑު އެއްޗެއްސަށް ލޯބިކުރާ ބައެކެވެ. އެ މީހުން ބޭނުން ކުރާ ކޮންމެ އެއްޗަކީވެސް އެހާ އަގުބޮޑު އެއްޗެއްސެވެ. ވަކިން ހާއްސަކޮށް އާއްމުންނަށް ފެންނަން ހުންނަ އެއްޗެއްސެވެ.

މިގޮތަށް އަގުބޮޑު އެއްޗެހި ގެންގުޅޭ ތަރިންގެ ތެރޭގައި ހިމެނޭ އެކަކީ ކަރިނާ ކަޕޫރެެވެ. އޭނާއަކީ ރީތި އަދި ތަފާތުކޮށް ހެދުން އެޅުމުގެ އިތުުރުން، ތަފާތު ސްޓައިލެއް ގެންގުޅޭ އަންހެނެކެވެ.

އޭގެ ތެރެއިންވެސް ކަރީނާ ގެންގުލޭ ރަތް ދަބަހަކީ ގިނަބަޔަކު ލޮލުގައި އަޅައިގަންނަ ދަބަހެކެވެ. އޭނާ އެ ދަބަސް ގެންގުޅޭތާ ގިނަ ދުވަސް ވެއްޖެއެވެ. އެ ދަބަސް އޭޭނާއަށް އެއްލާލެވެންވެސް ނެތެވެ. އެހާވެސް ދަބަހުގެ އަގު ބޮޑެވެ.

އެންމެ ފަހުން އޭނާ އެ ދަބަސް ހިފައިގެން ފެނިފައި ވަނީ އެއާޕޯޓުންނެވެ.ރަތް ކުލައިގެން އެ ދަބަސް ހިފައިގެން އޭނާ އެއާޕޯޓުން ފެނުނުއިރު، އޭގެ އަގު އިންޑިއާގެ ކާރު ދުއްވާ މީހުން ގެންގުޅޭ ކާރަަށް ވުރެވެސް އަގުބޮޑުކަމަށް ވެއެވެ. އެގޮތުން ދަބަހުގެ އަގު  6,00,000 އާއި 10,00,000 ލައްކަ ރުޕީސް އާއި ހަަމައަށް އަރާނެ ކަމަށް ވެެއެވެ.

މި ދަބަހުގެ ބްރޭންޑަކީ ބްރިކިނި އެވެ. މި ދަބަސް ގެންގުޅޭ މީހުން ވަކި ގަވާއިދުތަކަށް ތަބާވާންވެސް ޖެހެއެވެ. އަދި މީގެ އިތުރުން، މި ދަަބަސް ގަތުމަކީވެސް ދަތި ކަމެކެވެ. އެގޮތުން މީގެ ދަބަހެއް ގަންނަނަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަސްވެސް މަޑުކުރަން ޖެހިދާނެކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މެތެމެޓިށަން

    ނަމްބަރުގަ ކޮމާޖެހި މީހުންނަށް ސަލާން.

  2. ހީވަނީ ބާޒާރު ކޮތަޅެއްހެން

  3. އެއްވެސް ރީއްޗެއް ނޫން..