ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެމެލިއާ ބައްނާން އަކީ އާޖެންޓީނާ އަންހެނެކެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެމެލިއާ ފުލުހުންގެ ކާރުގައި ދަނިކޮށް އެކްސިޑެންޓެއް ވެގެން ސިކުނޑިއަށް ލޭއެޅި ކޯމާގައި ފަރުވާދެމުންދިޔައެވެ. އެއިރު އޭނާ ބަނޑުބޮޑެވެ.

ބަނޑަށް ހަ މަހުގައި އެމެލިއާއަށް ކޯމާގައި ފަރުވާދެމުންދިޔައިރު، އޭނާ ވިހާފައި ވަނީ ކްރިސްމަސް އީވްގައެވެ. ސަންޓިނޯގެ ނަމުން ނަން ދީފައިވާ މި ކުއްޖާ ވިހެއި ނަމަވެސް ފުރަތަމަ ތިން މަސް ދުވަހު ސަންޓިނޯ ބަލަން ޖެހުނީ އޭނާގެ އާއިލާއިންނެވެ. ކޮންމެ ދުވަހަކުވެސް ސަންޓިނޯ އޭނާގެ މަންމަ ގާތަށް ދެއެވެ.

އެމެލިއާއަށް ލިބުނު އަނިޔާތަކަށް އޭނާއަށް ކޯމާގައި ފަރުވާދެމުން ދިޔައިރު، އެމެލިއާ ހޭ އަރާފާނެ ކަމަށް އަބަދުވެސް އާއިލާއިން ދިޔައީ އުއްމީދު ކުރަމުންނެވެ. މިގޮތަށް ދުވަސްތައް ދަނިކޮށް އެއް ދުވަހެއްގައި އެމެލިއާ ހޭއެރިއެވެ. އަދި ކުޑަކޮށް ވާހަކަވެސް ދެއްކިއެވެ.

އަދި އޭނާ ވަނީ ސަންޓަނާއާވެސް ބައްދަލުކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ އެމެލިއާ ހީކުރީ އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށެވެ.

ކޯމާގައި އޮންނަ ބައެއް މީހުންނަށް ބައެއް ފަހަރު ހޭލާއިރު ބައެއް ކަންކަން މަތިން ހަނދާން ނެތިގެން ދެއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެ މީހާ ހަމައަކަށް އެޅެއެވެ.

 

ކިޔުންތެރިންގެ ހިޔާލު