ތުއްތު ކުއްޖަކަށް ނިއުމޯނިއާ ޖެހިފައިވުމުން އެ ބަލިން ސަލާމަތް ކުރުމަށް އޭނާގެ ހަށިގަނޑަށް އެސިޑް ޖަހައިފިއެވެ.

އިންޑިއާގެ އަވަށެއްގައި މިކަން ހިނގިއިރު، އެސިޑް ޖަހާފައި ވަނީ އެއް މަހުގެ ކުއްޖެއްގެ ހަށިގަނޑަށެވެ. ޕްރިޔަންޝޫ ނަމަކަށް ކިޔާ އެ ކުއްޖާއަށް ނިއުމޯނިއާ ޖެހިގެން ފަރުވާ ދިނުމަށް ގެންދިޔައީ އެހެން އަވަށަކަށެވެ.

ނަމަވެސް އެ މީހުން ދައްކާފައި ވަނީ ފޭކް ޑޮކްޓަރަކަށެވެ. އެ ޑޮކްޓަރު ވަނީ އެ ކުއްޖާގެ ގަޔަށް އެސިޑް ޖަހާފައެވެ. އެކަން އެ ކުއްޖާގެ މަންމައަކަށް ނޭނގެއެވެ.

ޕްރިޔަންޝޫއަށް ފަރުވާދެވިއްޖެކަމަށް ހިތާ އޭނާ އަނބުރާ އަވަށަށް ގެންދިޔައިރު ކަމަކު ދާކަށް ނެތެވެ. ޕްރިޔަންޝޫގެ ހަށިގަށޑުގެ އެކި ތަންތަނުން ވަނީ އަނދާފައެވެ. ވަގުތުން އެ ކުއްޖާގެ މަންމަ ވަނީ ކައިރި ހޮސްޕިޓަލަކަށް ދައްކާފައެވެ. އަދި އެ ހޮސްޕިޓަލުން ވަނީ އެ ކުއްޖާގެ މައިންބަފައިންނަށް އެ ކުއްޖާގެ ހަށިގަނޑަށް އެސިޑް ޖަހާފައިވާކަމަށް ބުނެފައެވެ.

ޕްރިޔަންޝޫއަށް އެ ހޮސްޕިޓަލްގައި ފަރުވާދިންއިރު، އެ މައްސަލައާ ގުޅިގެން ކާކުކަން ނޭގޭ އެ މީހާގެ މައްޗަށް މައްސަލައެއް ވަނީ ރެޖިސްޓަރކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު