ހުރިހާ އިންސާނުން ނަކީވެސް އެމީހުންގެ އުމުރު ދިގު ވުމަށް އެދޭ ބައެކެވެ. ބައެއް މީހުން ދުނިޔޭގައި 100 އެތައް އަހަރެއް ވަންދެން އުޅޭ އިރުގައި މިޒަމާނުގެ މީހުންގެ އާއްމު އުމުރަކީ 71-75 އަހަރެވެ. އެހެން ނަމަވެސް، އެމެރިކާ އަށް ނިސްބަތްވާ އުމުރުން 107 އަހަރުގެ ލުއީސް ސިގްނޯ ބުނާ ގޮތުން އެހައި ދިގު އުމުރެއް ބޭނުން ވާނަމަ، ކައިވެނި ނުކޮށް ހުންނަން ވީއެވެ.

ދާދި ފަހުން ލުއީސް އޭނާގެ 107ވަނަ އުފަން ދުވަސް ފާހަގަ ކުރި ހަފްލާގައި ދިގު އުމުރެއްގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން ލުއީސް ބުނެފައި ވަނީ އެއީ މީހަކާއި ކައިވެނި ނުކޮށް "ސިންގަލް" ކޮށް ހުރުން ކަމަށެވެ.

ނަމަވެސް އޭގެ އިތުރުންވެސް ކުރަން ޖެހޭ ބައެއް ކަންކަން ހުންނަ ކަމަށްވެސް ލުއީސް މައުލޫމަތު ދިނެވެ. އެއީ ރަނގަޅު ކާނާ ކެއުމާއި، ގަވައިދުން ކަސްރަތު ކުރުމެވެ. ނަމަވެސް، އެންމެ ބޮޑު ކަމަކީ ސިންގަލް ކޮށް ހުރުމެވެ.

"މީހަކު ކަސްރަތު ކޮށްފިއްޔާ އަހަރެން ވެސް އެކަން ކުރަން. ނެށިއްޔާ އެކަން ވެސް ކުރަން. އެކަމަކު ކުރިން ނަށާ ވަރަކަށް މިހާރު ނުނެށޭ. އަހަރެން ގަބޫލު ކުރާ ގޮތުން މިހައި ދުވަސް ވަންދެން އުޅެވުމުގެ ސިއްރަކީ ސިންގަލް ކޮށް ހުރުން. އަހަރެންގެ އަންހެން ކޮއްކޮ މިހާރު ބުނޭ ދުވަހަކުވެސް ކައިވެނި ނުކުރެވުނު ނަމައޭ. ދިގު އުމުރެއް ބޭނުން ނަމަ ކައިވެނި ކުރާނެ ކަމެއް ނެތޭ އަހަރެން ބުނާނީ" ލުއީސް ކިޔައިދިނެވެ.

ލުއީސްގެ އަންހެން ކޮއްކޮ އަށްވެސް 102 އަހަރު ފުރިފައި ވާއިރު، ބައެއް މީހުން ދެކޭ ގޮތުގައި އެއީ ޖެނެޓިކް ކަމެކެވެ. އެމެރިކާގެ އެންމެ ދުވަސްވީ ދިރި ހުރި މީހަކީ 114 އަހަރުގެ އެލޭލިއާ މާފީ ކަމުގައި ވާއިރު، އޭނާވެސް އުޅެމުން އަންނަނީ ނިއުޔޯކްގައި ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަފީ

    ކަލޯ ކައިވެނި ނުކޮށް ހުރެބަަލަ.. 107 އަހަރު ވަންދެން ހުންނަ ހިތަކުން މީހަކު ނޫޅޭ.. ދުނިޔެ މީ މާ އުފާވެރިތަނެއްތަ..؟

    39
  2. ސަންޕާއްތަ

    އަހަރުމެން ރަށު ދައިތަ ތިޔައްވުރެށް މާމުސްކުޅި ވާނެ