ފޭސްބްކާއި އިންސްޓަގްރާމް ބޭނުން ކުރުމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އެތައް ހާސް ބަޔަކަށް ދަތިތައް ދިމާވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިރޭ ދިމާވަމުންދާ މައްސަލަތަކުގެ ސަބަބުން އިންސްޓަގްރާމް އަށް ލޮގިން ވުމަށް ވަނީ ދަތިތައް ދިމާވެފައެވެ. އަދި ފޭސްބްކް ބޭނުން ކުރާ ފަރާތްތަކަށް ޕޯސްޓްތައް ޝެއާ ކުރުމާއި ކޮމެންޓް ކުރުމާއި ފޮޓޯ އަޕްލޯޑް ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ.

މެސެންޖާ އެޕްލިކޭޝަން ބޭނުން ކުރުމުގައި ދަތިތައް ދިމާވަމުންދާ ކަމަށް ބައެއް މީހުން ބުނެއެވެ.

ބައެއް މީހުންނަށް ވަނީ ފޭސްބުކްގެ މެއިންޓަނަންސް މަސައްކަތެއް ކުރާތީ ވެބްސައިޓް ބޭނުން ކުރުމުގައި ދަތިތައް ދިމާވަމުން ހިނގައިދާނެ ކަމަށް ބުނާ މެސެޖެއް ލިބިފައެވެ.

އިންސްޓަގްރާމް އަކީ ވެސް ފޭސްބްކްގެ ދަށުން މިހާރު ހިންގަމުން އަންނަ އެޕްލިކޭޝަނެކެވެ.

ފާއިތުވި ދެތިން ހަތަރު މަސް ދުވަސް ތެރޭގައި ފޭސްބްކާއި އިންސްޓަގްރާމް ޑައުން ވުން ވަނީ އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް މިމައްސަލައިގައި ފޭސްބްކް އިން މާބޮޑު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

ފޭސްބްކާއި އިންސްޓަގްރާމް ޑައުން ވުމުގެ މައްސަލަ އާއްމު ކަމަކަށް ވެފައި ވާތީ ގިނަ ބަޔަކު ގެންދަނީ ފޭސްބްކަށް ފާޑުކިޔަމުންނެވެ.

ފޭސްބްކާއި އިންސްޓަގްރާމް ބޭނުން ކުރާ މީހުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނަ އެވެ.