އިންޑިއާ ސަރުކާރުން އެޤައުމުގެ އަންދްރަޕްރަދޭޝްގެ އަވަށެއްގައި ހިންގާ ސްކޫލެއްގައި ކުޑަކުދިންނާއި ރާމާމަކުނު އެއްހަމަކޮށްގެން ކިޔަވައިދޭން ފަށައިފިއެވެ.

ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު މިކަން އައިސްފައިވާއިރު، ރާމާމަކުނެއް ކުޑަކުދިންނާއެކު ކްލާހެއްގައި ހުންނަ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ނޫސްތައް ބުނާގޮތުގައި މި ރާމާމަކުނު ސްކޫލުގައި ކުދިންނާއެކު ކްލާސްތަކުގައި އުޅޭތާ މިހާރު 12 ވަރަކަށް ދުވަސް ވެއްޖެއެވެ. އަދި މިހާރު އެ ސްކޫލުން ދެކެނީ އެ ރާމާމަކުނަކީވެސް ސްކޫލުގެ ދަރިވަރެއްގެ ގޮތުގައި ކަމަށް ނޫސްތައް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސްކޫލުގެ ހެޑްމާސްޓަރު ނޫސްތަކުގައި ބުނެފައިވަނީ، ރާމާމަކުނަށް ދީފައިވާ ނަމަކީ "ލަކްޝްމީ" ކަމަށެވެ. އޭނާ ބުނީ ލަކްޝްމީ އަކީ އަހުލާގު ރަނގަޅު ޤަވާއިދުތަކަށް އިހްތިރާމްކުރާ ސްކޫލުގެ ދަރިވަރެއް ކަމަށެވެ. އަދި ކޮންމެ ދުވަހެއްގައިވެސް ހެނދުނު ސްކޫލުގައި ކުރާ ޚާއްސަ އަޅުކަމެއްގައި ލަކްޝްމީ ބައިވެރިވާ ކަމަށާއި، އެއަށްފަހު އެސެމްބްލީގައިވެސް ބައިވެރިވެ ކިޔަވައިދޭ ގަޑީގައި ދަރިވަރުންނާއެކު ކްލާހުގައި ހުންނަ ކަމަށެވެ.

ހަމަ އެހެންމެ ކުދިންނާއެކު އިންޓަވަލް ގަޑީގައި ކައި ހަދާއިރު، އެނޫން ވަގުތުތަކުގައި ކެއުމަކީ އޮންނަ އުސޫލެއް ނޫންކަން ލަކްޝްމީއަށް އެނގޭ ކަމަށާއި، ކިޔަވައިދޭ ވަގުތުތަކުގައި ޓީޗަރުން ދައްކާ ވާހަކައަށް އެސޮރު ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާ ކަމަށްވެސް ސްކޫލުގެ ހެޑްމާސްޓަރު ބުނެފައި ވެއެވެ.

އެ ސްކޫލުގެ ހެޑްމާސްޓަރު އިތުރަށް ބުނެފައިވާގޮތުގައި ކުދިންނާއި އެއްހަމަ ގޮތެއްގައި ލަކްޝްމީ ސްކޫލުން ތައުލީމު ހާސިލްކުރަމުންދާއިރު، ލަކްޝްމީގެ ހުރިހާ ކަމެއް ބަލަހައްޓަމުންދަނީ ސްކޫލުގެ ޓީޗަރުން ކަމަށެވެ. އެގޮތުން ލަކްޝްމީއަށް ގަޑިން ގަޑިޔަށް ކާންދީހަދާ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނެފައިވާގޮތުގައި ލަކްޝްމީ ސްކޫލަށްދާން ފެށިފަހުން ސްކޫލުގެ 100 އިންސައްތަ ދަރިވަރުން ބަރާބަރަށް ސްކޫލަށް ހާޒިރުވާކަމަށެވެ. އެހެންކަމުން އެއީ ލަކްޝްމީގެ ސަބަބުން އައި ރަނގަޅު ބަދަލެއް ކަމަށް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަކްޝްސައިބޯނި

    ލަކްޝްމީ ކިޔަވަނީ ކޮން އެއްޗެއް، އަދި ކިޔަވައި ނިމިގެން ކުރާނީ ކޮން ކަހަލަގެ ކަމެއްބާ؟

    23
    1
  2. މޯދީ އިންޑިއާ

    އެމްޑީޕީގެ އިސްވެރިންނަށް ވަރަށް ކަމުދާނެ ތިކަންވެސް.

    18
    6
  3. އަލިބެއްޔާ

    ލަކްޝްމީއަށް އައި.ޖީ.އެމް.އެޗް އިން ވަޒީފާ ލިބޭނެ..

    24
    2
  4. ބޯކިބާ

    އެންމެ ފުރަތަމަ "ރާމާމަކުނު" މިބަސް ބޭނުންކުރިމީހާ ކީއްވެބާއޭ އެގޮތަށް ނަންހެދީ.

    9
    1
    • ރާމާމާ

      ރާއްޖޭގައިވެސް ބަރާބަރަށް ކުދިން ސްކޫލަށް ނުދާ މައްސަލަ އެބަ އުޅޭ! އެފަދަ ސްކޫލްތަކަށް ތީގެ މަކުނު ވައްދަން ފެނޭ! އޭރުން 100އިންސައްތަ ހާޒިރީ ލިބޭނެ!

  5. ނަސޭހަތް

    ﷲއަށް ޝަރީކުކޮށް ބުދަށާ، ގެރިއަށް އަޅުކަން ކުރާފަރާތަކުން މިކަންކޮށްފާނެ ދުވަސްކޮޅަކުން މަކުނަށް އަޅުކަންކުރަން ފަށާފާނެ

    3
    1