ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އަކީ 1990 ގެ އަހަރުން ފެށިގެން ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. އެތައް ފިލްމަކާއި އެތައް ލަވައަކުން އޭނާ ފެނިގެންދިޔައިރު، ގައުމީ އެވޯޑްތަކަކީވެސް އޭނާއާ ވަރަށް ރަހުމަތްތެރި އެއްޗެއްސެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަކްޝޭއަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ އަހުލާގު ރަނގަޅު އެކްޓަރެވެ.

އަދި މުސާރައިގެ ގޮތުންނަމަ ބޮލީވުޑްގެ އެންމެ އަގުބޮޑު ކޮށް މުސާރަ ލިބޭ ތަރިންގެ ތެރޭގައި އަކްޝޭ ހިމެނެއެވެ. އެގޮތުން އަކްޝޭގެ އެވްރެޖް މުސާރަ އަކީ 6 މިލިއަން ޑޮލަރެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ، އޭނާ މިދިޔަ އަހަރުގެ އާމްދަނީ ގޮތުގައި 65 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ވެސް ހިމެނޭ 51 އަހަރުގެ އަކްޝޭ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ހިތްހަމަޖެހޭ ވަރުގެ ފުރުސަތެއް ހޮލީވުޑުން ލިބޭނެ ކަމުގެ އުންމީދުގައި ހުރިކަމަށެވެ.

އަކްޝޭގެ މިއަހަރު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ މިޝަން މަންގަލް އާއި ހައުސްފުލް 4 އަދި ސޫރްޔަވަންޝީ ގެ އިތުރުން ގުޑް ނިއުސްއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މުސާރަ ކިތަންމެ މަތީގައި އުޅުނަސް، ބޮލީވުޑް ފިލްމުތަކުން ލިބޭ ފައިސާ ދަނީ މަދުވަމުންނެވެ. ބޮލީވުޑް އަކީ އަހަރަކު 1،000 ވަރަކަށް ފިލްމު ނެރެ ދުނިޔޭގެ އެންމެ ގިނަ ފިލްމު ނެރޭ އިންޑަސްޓްރީއަށް ވީނަމަވެސް މިއަހަރު މިހާތަނަށް ރަނގަޅު ފައިދާއެއް ހޯދައިފައި ވަނީ ހަވަރަކަށް ފިލްމުންނެވެ. އެތައް ސަތޭކަ ފިލްމު ވަނީ ފްލޮޕެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމްސު

    އަކްޝޭ ލިބޭތޯ ބަަލަންވީ.

    2
    9
  2. ހަތްޕުޑު

    އެހެންވިއްޔާހެޔޮ ކޮންމެހެން އެވޯޑެއް ނުލިބުނަކަސް