ވައިގެ މަގުން ކުރާ ދަތުރުތަކުގައި ނުރައްކާތެރި އަދި ބިރުވެރި ހާދިސާ ތަކާއި ކުރިމަތިވާ ވާހަކަތަކަކީ އާންމުކޮށް އަޑު އިވޭ ވާހަކަތަކެވެ. ނަމަވެސް ފްލައިޓެއްގެ ތެރެއިން ގިނަ ބަޔަކު ބިރުން "ފިތްކަނޑައިގެން"ދާ ފަދަ އެއްޗެއް ފެނުނު މި ހާދިސާއާއި އެކު ދަތުރުކުރަން ބިރުގަންނަ މީހުންނަށް މިވަނީ އިތުރު މާޔޫސްކަމެއް ކުރިމަތި ކުރުވާފައެވެ.
މިދިޔަ ހަފްތާގައި މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ އުތުރު ކެރޮލީނާ އިން ނިއުޖާޒީގެ ނެވާކް ސިޓީއަށް ދަތުރުކުރަމުން ދިޔަ ސްޕިރިޓް އެއާލައިންސްގެ ފްލައިޓެގެ ތެރޭގައެވެ. މި ހާދިސާ ހިނގާފައި ވަނީ، ފްލައިޓް ދަތުރުކޮށްފައި ދަނިކޮށް، އޭގެ އޯވަހެޑް ކޮމްޕާޓްމަންޓެއްގެ ތެރެއިން ވާލެއް ނިކުމެ ކެބިން ތެރޭގައި އުދުހެން ފެށުމުންނެވެ.
މި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ފެންނަނީ ފްލައިޓުގެ ކެބިން ތެރޭގައި ވާ އުދުހެމުންދިޔަ މަންޒަރާއި އެކަމާއި ގުޅިގެން ފްލައިޓުގައި އެވަގުތު ތިބި ގިނަ އަދަދެއްގެ ފަސެންޖަރުން ބިރުން ހަޅޭލަވައި ދުވެހަދާ މަންޒަރެވެ.
me, twice a year: “i’ll never fly spirit again.”
me, this morning, after deciding i’d rather save 12 dollars: pic.twitter.com/ASqk3bb89j— Peter Scattini (@PeterScattini) July 31, 2019
މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި ތިބި ބައެއް ފަސެންޖަރުން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ފްލައިޓް ނައްޓާލި ފަހުން ވާ ނިކުތީ ލަގެޖް ލާފައި ހުރި ކޮމްޕާޓްމަންޓަކުން ކަމަށާއި، ދަތުރުގެ 90 މިނެޓުގެ ތެރެއިން 30 މިނެޓު ވަންދެން ވާ ފްލައިޓު ތެރޭގައި އުދުހުނު ކަމަށެވެ. އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ފަސެންޖަރުން ބިރުން ތިބިއިރު، ބައެއް މީހުންނަށް މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުންވެސް އަސަރުކޮށްފައި ވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ކެބިންތެރޭގައި އުދުހެމުންދިޔަ ވާލުން ފަސެންޖަރުން ސަލާމަތްވީ، ފްލައިޓުގައި އެވަގުތު ހުރި މީހަކު އެ ވާ އުދުހިފައި ގޮސް ފްލައިޓުގެ ފާހަނާއަށް ވަތް ވަގުތު ފާހަނާގެ ދޮރު ލެއްޕުމުންނެވެ. އެއާއެކު ދަތުރު ނިމެންދެން ވާ އޮތީ ފްލައިޓުގެ ފާހަނާ ތެރޭގައި ބަންދުވެފައެވެ.
މި ހާދިސާ އާއި ގުޅިގެން ސްޕިރިޓް އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ ހާދިސާއެއް ފްލައިޓެއްގެ ތެރޭގައި ހިނގާފައިވާ ކަމަށާއި، ފްލައިޓަށް ވާލެއް އަރާފައި ވަނީ ދަތުރުގެ ކުރިން ފްލައިޓު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރަމުން ދިޔަ ވަގުތެއްގައި އޮފިޝަލުންނަށް ނޭނގި ކަމަށް ބެލެވޭ ކަމަށެވެ.
އެ ބަޔާނުގައި ފަސެންޖަރުންގެ ކިބައިން މަޢާފަށް އެދޭކަން ހާމަކޮށް އެ އެއާލައިންސް އިން ބުނެފައިވަނީ، ހާދިސާއަށްފަހު ފްލައިޓް ނިއުޖާޒީގެ އެއާޕޯޓުގައި ޖެއްސުމުން ފްލައިޓުން ވާ ބޭރުކޮށް ކެބިން ބަލައި ފާސްކޮށް ޑިސް އިންފެކްޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް ފަސެންޖަރަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ސްޕިރިޓް އެއާލައިންސް އިން ބުނެފައި ވެއެވެ.
ސްޕިރިޓް އެއާލައިންސްގެ ފްލައިޓެއް ދަތުރުކޮށްފައި ދަނިކޮށް ކެބިން ތެރެއިން ވާލެއް އުދުހުނު ހާދިސާ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އެ އެއާލައިންސް އަށް އަމާޒުވެފައިވާއިރު، ދާދި ފަހުން އެ އެއާލައިންސްގެ ފްލައިޓެއްގައި ކްރޫ މެމްބަރަކު ލަޖެގް ކޮމްޕާޓްމަންޓުގެ ތެރެއަށް ވަދެ އޮތް މަންޒަރު ފެންނަ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ.
ކަލޯ އެއީ ވާލެކޭ
މިއަކީ ބަޔަކު އާދަޔާޙީޅަފައް ބީރުގަންނަވަރު ކަމެއްނޫން! އަދި ވީޑިޔޯންވެސް ހިނުވޭ ބަޔަކު ފިއްކަޑައިގެން ދާވަރު ކަމެއް ވެގެންއުޅޭހެނެއް! ފައިދިކު މަކުނު ދެކެ ބިރުގަންމީހަކައް ފައިދިގު މަކުނެއް ފެނީމަވެސް ބިރުގަންނޭ! ކޮންމެ ސީޓެއްގަ ރަޖައެއް އޮންނާނެ އުދުހެމުންދިޔަ ވާލު ކުރިމައްޗައް ކުއްލިއަކައް ރަޖާ ހުރަސް ކޮލިނަމަ ވާލުއޭގަ ތައްލާނެ ތައްލީމަ މަޑުމަޑުން އޮޅަލާފަ ބޭއްވީމަ ތިކަމުން ސަލާމަތްވީ
??????މޮޅު ޚިޔާލެއް ??
ހަ ހަަ ހަހަހަހަހަހަހަހަހަ