ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ހޮލީވްޑްގެ ބަޠަލް ލިންޒީ ލޯހަން އާއި އެކު ހާއްސަ ގުޅުމެއް ބާއްވަމުން ގެންދަވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މުހައްމަދުގެ ޕްރައިވެޓް ޖެޓްގައި ލިންޒީ ވަނީ "ދުނިޔެ ބަލާލަން" ގިނަ ދަތުރުތަކެއް ކޮށްފައެވެ. މުހައްމަދު ލިންޒީ އަށް ވަރަށް ގިނަ ހަދިޔާތައް ވެސް ދީފައިވާ ކަމަށާއި އޭގެތެރޭގައި ކްރެޑިޓް ކާޑްތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިންޒީ ވަނީ އޭނާ މުހައްމަދު އާއި އެކު ހާއްސަ ގުޅުމެއް ބާއްވާ ކަމަށް އިންކާރު ކޮށްފައެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން މުހައްމަދު އާއި ބައްދަލުވި ކަމަށާއި ބައްދަލުވީ ފޯމިއުލާ ވަން ގްރާންޑް ރޭހުގެ ތެރެއިން ކަމަށް ލިންޒީ ބުނެއެވެ.

ލިންޒީ ވަނީ ސައުދީ އަރަބިއްޔާގެ ސަގާފަތާއި ބެހޭ ފިލްމެއް އުފައްދަން ބޭނުންވާ ކަމަށް މިދިޔަ އަހަރު ބުނެފައެވެ.

ލިންޒީ އިސްލާމް ވެއްޖެ ކަމަށް ބުނެ ވެސް މީގެ ކުރިން އަޑުތައް ފެތުރުނެވެ. ލިންޒީ އިސްލާމްވިކަން ކަށަވަރު ކޮށްނުދިން ނަމަވެސް އޭނާ ވަނީ ކީރިތި ޤުރުއާން ކިޔަވާ ކަމަށް ބުނެ މީޑިއާގައި ވާހަކަދައްކާފައެވެ.

ވަލީއަހްދު މުހައްމަދު އާއި ލިންޒީ ހާއްސަ ގުޅުމެއް ބާއްވާ ކަމުގެ އަޑުތައް ފެތުރިފައި ވާއިރު މީގެ ކުރިން ލިންޒީ ރަޝިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އެގޯރ ޓަރަބަސޯވް އާއި އެކު ވެސް ހާއްސަ ގުޅުމެއް ބާއްވަމުން އައި ކަމަށް އަޑުތައް ފެތުރުނެވެ. އެއަޑުތައް ފެތުރުނީ 2016 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖޭއާރު

    ކަލޯ މޮހޮނދާ ތި މަންޖެ އެހާ ރީއްޗެއް ނޫން ކައިރިވާން. ތި މަންޖެގެ ދެ ކޯ ހީވާނީ އީރާން އާރމީ ފޯސް އިން ހިފަހައްޓާ ތޮޔޮ ބޯޓެއް ހެން

    28
    4
  2. ފައިސާވެރިޔާ

    ޔަހޫދީންނާއި ކުރިސްޓިއަނުންގެ ގާތް އެކުވެރިއެއް ތި ބިންސަލްމާނަކީ، އެމީހުން ބުނިގޮތަކަށް ގައުމުގެ ކަންކަން އެކުރަނީ ބަދަލު، އެހެންވީމަ ތިގުޅުމުގެ ވާހަކަ ނުދެއްކިޔަސް އެހުރީ ކަންތައް ގޮސްފަހުރި ހިސާބު ފެންނަން. މީގެ ކުރިން ކަންތައް ބަދަލު ނުކުރާވަރަށް ބަދަލު އެބަކުރޭ

    30
    3
  3. ބާބޫ

    ހަމަރަނގަޅު އެގޮތުންވެސް އެމަންޖެގެ ހިތަށް އީމާންތެރިކަންވައްދައި މާތްވެގެންވާ އިސްލާމް ދީނަށް އެމަންޖެ ވަނުމަކީވެސް ހަމަ މުޙައްމަދަށް ކުރެވުނު ރަނގަޅު ކަމަކަށްވެސް ވެދާނެނު

    9
    7
    • ކެނެޑީ

      އެހެންތަ އެހެންވީމަ މުހައްމަދު ކީއްވެ ހުރިހާ އާދައިގެ ދުނިޔޭގެ އެތައްމިތާ ހުރި އަންހެނުން އިސްލާމް ކުރަން ނުދަނީ

      12
      2
  4. އަޙްމަދު

    އޭ މުޙައްމަދު އެވެ. އަމިއްލަ ޤައުމުން ރީތި ކުއްޖަކާ ހިތާވާށެވެ. ތިޔަ ބުނާ ފިލްމު ކުޅޭ އަންހެނާގެ ފަހަތުގެ ގޮތްނޭގޭ ބަޔަކު ތިބެދާނެތޯ ބަލާކަށް ނުޖެހޭ ހެއްޔެވެ. އިސްލާމީ އުންމަތަށް ކެހިދީފާނެ ބަޔަކުވެސް ނުތިބޭނެ ހެއްޔެވެ. ރަނގަޅަށް ވިސްނާލުން މުހިއްމު

    19
    2
  5. ސީއައިއޭ

    މުސްލިމް އުއްމަތުގެ ޚިޔާނާތްތެރިއެއް ބިން ސަލްމާން އަކީ.

    14