ފްރެންޗައިޒް ރިއަލިޓީ ޝޯ އިންޑިއަން އައިޑަލް އަކީ 2004 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ޝޯވ އެކެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަން ނުބޭއްވި ނަމަވެސް ދިވެހިން މާޔޫސް ވާކަށް ނުޖެހެއެވެ.

އެތޮގުން އިންޑިއަން އައިޑަލްގެ ދިހަ ސީޒަން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު މިހާރު ތައްޔާރުވަމުންދަނީ މި ޝޯވ ގެ 11 ވަނަ ސީޒަން އަށެވެ.

އިންޑިއަން އައިޑޮލްގެ މިފަހަރު ޖަޖިން ޕެނަލް އިން ނީތީ މޯހަން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފައިވާއިރު އިންޑިއަން އައިޑޮލްގެ އެންމެ އާންމު ޖަޖަކީ މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކް އެވެ. ނަމަވެސް އޭނާ މި ސީޒަން އިން ފެނާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

އިންޑިއަން އައިޑޮލް މިދިޔަ ސީޒަންގެ ޖަޖެއްގެ ގޮތުގައި މަޝްހޫރު ޒުވާން އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ފެނިގެން ދިޔައެވެ. އޭނާއަކީ 2006 ގައި ބޭއްވި އިންޑިއަން އައިޑޮލް ސީޒަން 2 ގެ ބައިވެރިއެކެވެ.

ކުރިއެކޭ އެެއްގޮތަށް މި ޝޯވ ގެ 11 ވަނަ ސީޒަން ވަރަށް އަވަހަށް ސޮނީ ޓީވީއިން ފެނިގެން ދާނެއެވެ. އިންޑިއަން އައިޑޮލް ސީޒަން 11 ދައްކަން ފަށާނެ އިރެއް އަދި ސޮނީން އިއުލާނެއް ނުކުރެ އެވެ.

އިންޑިއަން އައިޑޮލް މިދިޔަ ސީޒަން ކާމިޔާބު ކުރީ ސަލްމާން އަލީއެވެ.

ކިޔުންތެރިންގެ ހިޔާލު