ބޭރަށް ހިންގުމަކީ އެކަމެއްގެ ސަބަބުން މީހާ ވަރުބަލިކުރުވައި ހަށިގަނޑުގެ ވަރުދެރަވުން ފަދަ ކަންކަމާއި ކުރިމަތިވާ ކަމެކެވެ. އެފަދަ މައްސަލައެއްގެ ހައްލެއް ހޯދުމަށް ކޮންމެފަހަރަކު ހޮސްޕިޓަލަށް ދިޔަސް އެކަމަކުން ފަސޭހަވުމަށްޓަކައި ގޭގައި ކުރެވިދާނެ އާދައިގެ ކަންކަންވެސް އެބަ ހުއްޓެވެ.

ކުރުނބާ ފެނަކީ އެތައް ގޮތަކުން ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ކުރުނބާ ފެނަކީ އޭގެ ސަބަބުން ބޭރަށް ހިންގުމުން ހަށިގަނޑަށް ކުރިމަތިވާ ވަރުބަލިކަން ލުއިކޮށްދީ ހަށިގަނޑުގައި ހުންނަ އިލެކްޓްރޯލައިޓްގެ މިންވަރުވެސް ހަމަހަމަކޮށްދޭ އެއްޗެކެވެ. ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުން ގެއްލޭ މުހިންމު އަދި ފައިދާހުރި މާއްދާތައް އެންމެ ފަސޭހައިން ހަށިގަނޑަށް ލިއްބައިދޭ އެކައްޗަކީވެސް ކުރުނބާ ފެނެވެ.

ދެން ބޭރަށް ހިންގުމުން ސަލާމަތްވުމަށް ކެއުމުގައި ޔޯގަޓްވެސް ބޭނުންކުރެވިދާނެއެވެ. ޔޯގަޓް އަކީ އޭގައި ޕްރޯބައޮޓިކްސް ނަމަކަށްކިޔާ ހަށިގަނޑަށް ފައިދާހުރި ބާވަތެއް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. ގޮހޮރުގެ ސިއްހަތު ރަނގަޅުކުރުމުގެ އިތުރުން ބޭރަށް ހިންގުމަށް މެދުވެރިކުރުވާ ބެކްޓީރިއާ ނައްތާލުމުގައިވެސް ޔޯގަޓްއަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

ލުނބޯ ޖޫހަކީވެސް ބޭރަށް ހިންގުމާއި ދެކޮޅަށް ބޭނުންކުރަން އެންމެ އެކަށީގެންވާ އެއް ބުއިމެވެ. ލުނބޯގައި ހުންނަ އެސިޑިކް މާއްދާތަކުގެ ސަބަބުން މީހާގެ ގޮހޮރަށް ލިބިފައިވާ ގެއްލުން ފަސޭހަކޮށްދޭއިރު ލުނބޯ ޖޫސް ބުއިމުން މީހާގެ ޕީ.އެޗް މިންވަރުވެސް އަލުން އާންމު މިންވަރަކަށް ގެނުވައިދޭނެއެވެ. ލުނބޯއަކީ އޭގައި ގިނަ އަދަދަކަށް މިނަރަލްސް، ޕޮޓޭސިއަމް އަދި މެގްނީސިއަމްވެސް ހިމެނޭ މޭވާއެކެވެ. އެ މާއްދާތަކަކީ ބޭރަށް ހިންގުމުގެ ސަބަބުން ގިނަ އަދަދަކަށް ހަށިގަނޑުން ގެއްލޭ މާއްދާތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ފުޅިމަދު އުނގުރިއެއް ޖަހާބަލަ. އޭރުން ދެން ހިންގާނީ އެތެރެއަށް. ބޭރަށް ހިންގުން ބަންދުވީ.

    6
    20
    • ހުސޭނުބޭ

      މަތިން އަރާފިއްޔާ ކަލޭ ގޮވައިގެން ދަޢުވާކުރާނަން!

      17
      2
      • މަހީހީ

        މަހީހީ ހަލާކު?

        18
        1
        • ލޮލް

          މަ ހުވާ. ކިރިޔާ ހީހީ މަރު ނުވީ

  2. ޢަމާކު

    މިވަރޮފަހެނާ... ?

    4
    2