ލިސެޓް ކަލްވެއިރޯ ނަމަކަށްކިޔާ އުމުރުން 26 އަހަރުގެ މި އަންހެން މީހާ ވަނީ އޭނާ މަޝްހޫރު ސޯޝަލް މީޑިޔާ އެޕް އިންސްޓަގްރާމްގައި ތަރިއަކަށްވުމަށްޓަކައި ކުރި މަސައްކަތް ފެނަށް ގޮސް އޭނާ މުޅިން ބަނގުރޫޓުވެ ސަލާންޖަހާ ހާލަތައް ދިޔަގޮތް ކިޔައިދީފައެވެ. ލިސެޓް އެމެރިކާގެ ނިއު ޔޯކްއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އޭނާ އިންސްޓަގްރާމްގައި ދަމަހައްޓަން މަސައްކަތްކުރި ފެންވަރާއި އޭނާއަށް ލިބެމުންދިޔަ މުސާރައާއި ނުގުޅުމުގެ ސަބަބުން އޭނާއަށް އެތައް ބޮޑެތި ދަތިތަކެއް އަބަދުވެސް ކުރިމަތިވަމުންދިޔަކަމަށް ލިސެޓް ވަނީ ބުނެފައެވެ.

އިންސްޓަގްރާމްގައި އޭނާގެ ފޮލޯ ކުރާ މީހުންނަށް ދެއްކުމަށްޓަކައި އޭނާ ދިޔައީ އަގުބޮޑު ހެދުންތައް ގަނެ، އަގުބޮޑު ރެސްޓޯރެންޓްތަކުން ކެއުން ފަދަ ކަންކަން ކޮށްފައެވެ. ލިސެޓް ބުނާގޮތުގައި އޭނާ ދުވަހަކުވެސް އެއް ހެދުމެއް ލައިގެން ދެވަނަ ފޮޓޯއެއް އިންސްޓަގްރާމްއަކަށް ނުލައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ އަގުބޮޑެތި އެތައް ދަތުރުތަކެއްވެސް އިންސްޓަގްރާމްއަށް ފޮޓޯ ޕޯސްޓުކުރުމަށްޓަކައި ކޮށްފައެވެ. މިގޮތުން އޭނާ ވަނީ މޮރޮކޯ ފަދަ އެކި އެކި ގައުމުތަކަށްވެސް ދަތުރުކޮށްފައެވެ. އޭނާ ބައެއް ފަހަރު ދެކޮޅު ޖެއްސުމަށްޓަކައި އެހެން މީހުން އަތުން ފައިސާ ނެގިކަމަށްވެސް ލިސެޓް ވަނީ ކިޔައިދީފައެވެ. މިގޮތަށް ދިރިއުޅެމުން ގޮސް ފައިސާގެ ދަތިކަން އިންތިހާއަށް ދިޔުމުން ދެން އޭނާ އެންމެ ފަހުން ބަދަލުވާންޖެހުނީ އޭނާގެ މައިންބަފައިންގެ ގާތަށް މިއާމީއަށެވެ. އޭރު ލިސެޓްގެ ދަރަނީގެ އަދަދު ވަނީ 10،000 ޑޮލަރަށް އަރައިފައެވެ.

ލިސެޓްއަށް އެންމެ ފަހުން ވިސްނިގެން ދިޔައީ އޭނާއަށް ރަނގަޅު ވަޒީފާއެއް ލިބުމާއިއެކުގައެވެ. ފެޝަނިސްޓާއިން ބުނާގޮތުގައި އިންސްޓަގްރާމްގައި މަޝްހޫރުވުމަށްޓަކައި ބޭނުންވާ ރީތިކަމަކީ މަދުވެގެން އެކަމަށްޓަކައި 31400 ޑޮލަރު އަހަރެއްގެ މައްޗަށް ހޭދަވާ ކަމެކެވެ. ލިސެޓް ބުނާގޮތުގައި އޭނާއަށް އޭރު ދިރިއުޅެވެމުންދެވުނީ ބޮޑު ދޮގެއްގެ ތެރޭގައެވެ. އަދި މިހާރު ލިސެޓް ދަނީ އޭނާގެ ފައިސާގެ މައްސަލަތައް ހައްލުކޮށް މަޑުމައިތިރި ދިރިއުޅުމެއް އުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެހެނަސް

    ބަޔެއްދިވެހިންވެސް ތިހެއްއުޅޭ . ކައިލީއަށް ވާންވެސް އެކަކުއުޅޭ

    50
    • ކިމް

      ކައިޒނ ދޯ ހަހަހަހަ

      23
      1
  2. ޖިނީ

    މުޅި ދުނިޔެއަކީ ތިޔަކަހަލަ ބޮދު ދޮގެއް. މަރުވީމަ އަސްލު ތެދު ކޮންމެ މީހަކަށްވެސް ފެންނާނެ

    40
    4
  3. ބޯ ހަލާކު

    އުޅޭނެ ނޫޅޭނެ ގޮތެއް ނޭނގިގެން އުޅޭ މީހުން ތީ?‍♀️

    13
  4. މާސިތާ

    ތީ ދިވެހިންނައް ޓާގެޓް ކުރި ލިޔުމެއްދޯ؟ ދިވެހިން މަޑުޖައްސާނުލާނެ ހިދުކޮޅަކުވެސް ތި ވާހަކަ އާ މެދު ވިސްނާލަންވެސް. އާ އެހެންޏަ، މިސްކިތުގަ އިދެވެސް އެބަލަނީ އަވަހަށް ސޯޝިއަލް މީޑިއާ އަށް ފޮޓޯ އެއް ލެވޭތޯ ވިއްޔަ. އެވަރުބަޔަކައް ތިވާހަކަ ވާނީ ކަޓު ވާހަކަ އަކައް.

    12
  5. ޓަގުބެ (އަދީބުރޯ(

    ރާއްޖޭގެ ޓިކުޓޮކު ރާނީ ވެސް ހަމަތިފަދަ. ށ.ފުނަދޫ

    • ރަނޭ

      ސާނީ ވާހަކަދޯ. ހިއްހީ...