ކުރީގެ ލޯބިވެރިޔާ ދެކެ އަދިވެސް ލޯބި ވޭ ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީ ނަމަ، އޭނާ މަތިން ހަނދާން ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވިދާނޭ ބައެއް ކަންކަން ބުނެދޭނަމެވެ.

ފުރަތަމަ ކަމަކަށް ކުރީގެ ލޯބިވެރިޔާ ދެކެ އަދިވެސް ލޯބި ވާކަން އަމިއްލަ އަށް ގަބޫލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކްސް ލޯބިވެރިޔާގެ ލޯބި އަނބުރައި ނުލިބުނު ކަމުގައި ވިޔަސް، ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް ކަމަށް ހީކޮށް، މުސްތަގުބަލުގައި އެއަށް ވުރެން މާ ރަނގަޅު މީހަކާއި ދިމާ ވާނޭ ކަމުގެ އުއްމީދުގައި ހުންނާށެވެ. މިއީ މޫވް އޯން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަންތަކެވެ.

ދެވަނަ ކަމަކަށް ތިމާގެ އަމިއްލަ ނަފްސަށް ލޯބި ދޭށެވެ. ފަހަރުގައި ތިއީ އެކްސް ލޯބިވެރިޔާ ރަނގަޅަށް ކަންތައް ނުކުރުމުން އޭނާ ދެކެ ލޯބި ވާ ހިނދުވެސް، ދުރުވި މީހެއް ކަމުގައި ވެދާނެއެވެ. އެހެން ވެއްޖެ ކަމުގައި ވަނީ ނަމަ، އެކަމާއި މެދު އުފާ ކުރާށެވެ. އެހެން ކަންތައް ކުރުމުން އެ ދައްކުވައިދެނީ ތިމާ އަކީ އެއްވެސް މީހެއްގެ ކުޅޭ ކުޅޭ އެއްޗަކަށް ނުހެދޭނެ ކަމާއި، އަމިއްލަ ނަފްސް ދެކެ ލޯބިވާ މިންވަރެވެ.

ފަހު ކަމަކަށް، މާޒީވެ ގޮސްފައި އޮތް އެއްވެސް ކަމެއް ބަދަލު ނުކުރެވޭނޭ ކަން ގަބޫލު ކުރާށެވެ. ދުރުވާން ޖެހުނު ސަބަބާއި މެދު ވިސްނައި، މިވެނި ގޮތަކަށް ކަންތައް ކުރެވުނު ނަމައޭ ހިތަށް ނާރުވާށެވެ. އެހެނީ، ވެފައި އޮތް ކަމެއް އެއްވެސް މީހަކަށް ބަދަލު ނުކުރެވޭނެ ތީއެވެ.

ކުރީގެ ލޯބިވެރިޔާ އާއި ދުރުވާން މަސައްކަތް ކުރަމުން އަންނަ މީހެއް އެނގޭނަމަ އެމީހަކަށް އެހީތެރި ވާށެވެ. އަދި އެމީހުންނަށް މާ ރަނގަޅު މީހުން ލިބޭނޭ ކަންވެސް ހަނދުމަ ކޮށްދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަބަރުހިތް

    ހިތް ބަދަލުކޮށްލާނީ....

    4
    1
  2. ކަލާލް.

    ވަރުގަދަ އެކްސް އެއްނު.

    4
    1