މަޝްހޫރު ޑައިރެކްޓްރ ކަރަން ޖޯހަރްގެ އަންހެން ދަރިފުޅު އަލަށް "ބައްޕާ" ކިޔާފައި ކަރަން އަށް ގޮވުމުން އޭނާ ވަރަށް ބޮޑަށް އުފާވެފައިވާކަމަށް ކަރަން ބުނެފިއެވެ.

ޓްވިޓާ މެދުވެރިކޮށް އޭނާ ބުނީ، އޭނާގެ އަންހެން ދަރިފުޅު ބައްޕާއޭ ކިޔާފައި ފުރަތަމަ ފަހަރަށް ގޮވާލައިފި ކަމަށެވެ. މިގޮތަށް ގޮވާފައި ވަނީ އޭނާގެ އަންހެން ދަރިފުޅު ޖޫހީ ޖޯހަރްއެެވެ.

މިވަގުތު ކަރަން ހުރީ ދުބާއީގައެވެ. ކަރަން އަށް މިގޮތަށް އޭނާގެ ދަރިފުޅުގެ ފަރާތުން އަޑުއިވިފައި ވަނީ ފޯނުން ކަމެއް، ނޫނީ އެ ދަރިފުޅު ހުރީ ދުބާއީގައިކަމެއް އެނގިފައެއް ނުވެއެވެ.

ކަރަންގެ ފިރިހެން ދަރިއެއްވެސް ހުރެއެވެ. އޭނާގެ ނަމަކަށް ކިޔާފައި ވަނީ ޔަޝްއެވެ. ޔަޝް އާއި ރޫހީއަކީ ސަރަގޭޓް މެދުވެރިކޮށް ލިބުނު ދެ ކުދިންނެވެ. މި ދެ ކުދިންގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފާހަގަކޮށްފައެވެ. އެ ޕާޓީއަށް ގިނަ އަދަދެއްގެ ފިލްމީ ތަރިންވެސް ގޮސްފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެކެދިޔެ

    ކަރަން ދުބާއީ ދަތުރު ނިންމާފަ ގެއަށް ވަނީމަ އޭނަގެ އަންހެން ދަރިފުޅު ބައްޕަ ކިޔާފަ ގޮވާލީ، އިންސްޓާ ބަލާބަ މާ އަޕްޑޭޓް ވާނެ....

  2. ާހަސަނު

    ސަރަގޭޓް އޭއީ ކޯއްޗެއްކަމެއް ނޭންގުނު.
    ކޮންމެވެސް މީހަކު އެކްސްޕުލެއިން ކޮއްދީބަލަ

    • ސަންޖޭ ލީލާ ބަންސާލީ

      ސަރަގޭޓް އަކީ މިސާލަކަށް ކަރަން އޭނަގެ އަންހެނުންނާއެކު ހަދާފަ(ޖިމާއުވެފަ)އޭނަގެ ސްޕާމް އާއީ އޭނަގެ އަންހެނުންގެ ބިސް އެކުވީމަ އޮޕަރޭޝަން ކޮއްގެން އޭނަ ރަހިމުން އެނަގައި އެހެން އަންހެނެއްގެ ރަހިމަށް އެ ލައްވައި އެ އަންހެނެއްގެ ރަހިމުގައި ދަރި އާލާ ކުރުން.....ސާފު؟؟?

  3. ހާލިދު ބުން ވަލީދު

    ނަހަލާ ދަރިން ބައްފަ އަށް ގޮވާނެ ދޯ ؟