އަމިއްލަ ވިސްނުމުގައި ހުރި ކަންކަމަކީ އަނގައިން ނުބުނާ ހިދެއްގާ އެހެން މީހަކަށް އެކަމެއް ނޭނގޭނެއެވެ. އެހެން ނަމަވެސް ސައިންސްވެރިން މިވަނީ އެކަމަށްޓަކައި ތަފާތު މެޝިނެއް ތައްޔާރުކޮށްފައި އެވެ.

ކެލަފޯނިޔާގެ ޔުނިވާސިޓީއެއްގައި ތައްޔާރުކުރި މި މެޝިނަކީ ވާހަކަ ނުދެއްކޭ ހަރަކާތްނުކުރެވޭފަދަ ހާލަތެއްގައިވާ ބަލިމީހުންނަށް ހާއްސަކޮށްފައިވާ މެޝިނެކެވެ. މި މެޝިނުގެ އެހީގައި ބުނަންބޭނުންވާ ބަހެއް ލިޔުމެއްގެ ގޮތުގައި ފެނިގެންދެއެވެ.

އޭގެ އިތުރުން މި މެޝިނުން ދައްކައިދެނީ 90 ޕަސެންޓް ސައްހަ މައުލޫމާތު ކަމަށާއި ވިސްނުމަށް އަންނަ ބަހެއްގެ ލިޔުން ތައްޔާރުމަށް އެހީވެދެނީ އެ ބަހެއްގެ، އަކުރުތަކުގެ "ވަވަލް" ނަގައިގެން ކަމަށް މިކަމުގައި އިސްކޮށް އުޅުނު ޑޭވިޑް މޮސެސް ބުންޏެވެ.

އަކުރުތަކުގެ "ވަވަލް" ގެ އެހީގައި ބަސްތައް އިވިގެންދާތީ ކުރިން އެނގިފައިނުވާ އެކި ކަހަލަ ބަސްތައް މި މެޝިނުން ފެނިގެންދާނެ ކަމަށްވެސް ޑޭވިޑް ބުންޏެވެ.

ޑޭވިޑް ބުނިގޮތުގައި މިމެޝިނުގެ ސަބަބުން ނުކައްކަލެއްވެސް ކުރިމަތިވެދާނެ ކަމަށެވެ. އެއީ އިނގެންނުވާފަދަ ކަމެއް ނުވަތަ ސިއްރެއް ފަޅާއަރާފާނެތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު