ބޯވައެއް މޫނު މަތީ ބާއްވައިގެން ފޮޓޯ ނަގަން ޖޭމީ ބޭނުންވެގެން އެކަން ކުރިއެވެ. މަޖަލަކަށް ކުރި އެކަމުން އޭނާއަށް ލިބުނީ އަނިޔާއެވެ. އެންމެ ފަހުން ޖެހުނީ ހޮސްޕިޓަލްގެ އެމާޖެންސީގައި އޭނާއަށް ފަރުވާ ދޭށެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހު ޓެކޮމާ ނެރޯސް ބުރިޖުގައި އޮތް މަސް ބާނާ އިވެންޓެއްގައި އުމުރުން 45 އަހަރުގެ ވޮޝިންގޓަންއަށް ނިސްބަތްވާ ޖޭމީ ބައިވެރިވިއެވެ. އެ އިިވެންޓްގައި މަސްވެރިއަކު ނެގި ބޯވައެއް ހިފައިގެން ޖޭމީ ބޭނުންވީ ފޮޓޯ ނަގާށެވެ. އޭނާ ބޭނުންވީ ފޮޓޯ ގްރަފީ މުބާރާތަކަށް ފޮޓޯއެއް ނެގުމަށެވެ.

އެގޮތުން މޫނު މަތީގައި އޭނާ ބޯވަ ބާއްވައިގެން ފޮޓޯ ނަގަން އުޅުނެވެ. ނަމަވެސް އެ ބޯވަ އޭނާގެ މޫނުގައި ދެ ފަހަރަށް ދަތް އެޅިއެވެ.

އޭނާ ބުނީ، އެ ބޯވަ ނަގައިގެން ފޮޓޯ ނެގުންވެގެން ދިޔައީ އޭނާއަށް ކުރެވުނު ކުށަަކަށް ކަމަށެވެ.

އަދި ފޮޓޯ ނެގުނީ، އެ ބޯގަ އޭނާއަށް އަނިޔާކުރަމުން ދިޔަ ގަޑީގައި ކަމަށް ޖޭމީ ބުންޏެވެ. ޖޭމީ ބުނީ، އެ ބޯވަ އޭނާގެ މޫނުގައި ދަތް އެޅުމުން، ވަރަށް ގިނައިން ލޭ ފޭބި ކަމަށެވެ. އަދި އެކަން ގަޑިއެއްހާ އިރަށް ދެމިގެން ދިޔައެވެ. އެހެން ނަމަވެސް އެއިރު އެކަން ބޮޑުކަމަކަށް ނަހަދާ އޭނާ ޑޮކްޓަރަށްވެސް ނުދައްކައެވެ.

ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާގެ މޫނުމަތިން ދުޅަވާން ހެދުމުން އޭނާ ޑޮކްޓަރަށް ދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު