ފޮޓޯ އިން ތިޔަ ފެންނަނީ ދުނިޔޭގެ އެންމެ ރީތި ބުޅާ ތަކުގެ ތެރޭގައި ހިމެނޭ ބެންގާލް ބުޅަލެއް ކަމުގައިވާ ތޮރް އެވެ.

ތޮރްގެ ފެހި ކުލައިގެ ރީތި ދެ ލޮލާއި ކެހެރިތައް ހުރި ގޮތުން ކުޑަ މިނިކާވަގެއް ވައްތަރު ޖަހާއިރު، ތޮރްގެ ފޮޓޯތައް އޭނާ ގެންގުޅޭ މީހާ މީސް މީޑިއާ ގައި އާއްމު ކުރުމުން އެތައް ބަޔެއްގެ ލޯތައް ވަނީ އެކަމަށް ހުއްޓިފައިކަން ފާހަގަ ކޮށްލެވެއެވެ.

ބުޅަލުގެ ވެރި މީހާ ކަމުގައިވާ އިންޑިއާގެ ރަނީ ކުޗިކޮވް ބުނެފައި ވަނީ އޭނާ އަށް އިހްސާސު ކުރެވޭ ގޮތުން މި ގެންގުޅެވެނީ ހަމަ މިނިކާ ވަގެކެވެ. އެއީ ތޮރް ބޮޑު ކޮށް އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު ބިރުން އޭނާ އަށް ކާ އެއްޗެހި ވެސް ދެވޭތީ އެވެ. އެހެން ނަމަވެސް، އެހެން ބުޅާ ތަކެކޭ އެއް ފަދައިން ތޮރްގެ ފަރާތުން ވެސް ރަނީ އަށް ލޯބި ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ތޮރްް ފުންމަނީ

ތޮރް އަކީ ވަރަށް އެކްޓިވް ބުޅަލެއް ކަމަށް ރިޕޯޓްތައް ބުނާ އިރުގައި ނިދުމުގެ ކުރިން ކޮންމެ ރެއަކު ފާރު މައްޗައް ވެސް އެ ބުޅާ އަރާ އިރު، ގެއަށް އަންނަ މީހަކު ދޮރުގެ ބެލް ޖެހުމުން، އެއީ ކާކުތޯ ބަލަން ދޮރު ކައިރިއަށް ގޮސް، އެ މީހުން ދެކެ ގަޔާ ވާ ނަމަ ގޮވަން ފަށައެވެ.

ތޮރްގެ މިޒާޖުންވެސް އޭނާ ބޭނުން ވަނީވެސް ހާއްސަ ގޮތެއް މީހުން އޭނާ އާއި މެދު ބަހައްޓަން ކަން އެނގޭ އިރު، ކޮންމެ މީހަކުވެސް މިފަދަ ބުޅަލެއް ގެންގުޅެން ލޯބި ކުރާނެ ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު