ފްލޮރިޑާގެ ގެއަކަށް ހޮނި އަޅާ ގެއްލުންތަކެއް ވެގެން ދިޔައީ ގޭގެ ފާހަނައަށެވެ. މަރީލޯވް ވާޑް އާއި އޭނާގެ ފިރިމީހާ ގޭގައި ތިއްބާ ފުރަތަމަ އަޑުއިވިގެން ދިޔައީ ބާރު އަޑެކެވެ. އެއީ ހަޔާތުގައި އެހާ ބާރު އަޑެެއް އިވުނު ފުރަތަމަ ފަހަރު ކަމަށް ވާޑް ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ގުގުރަމުން ދިޔަ ވަގުތު އުވުނު ބާރު އަޑަށް ދެ މީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އަދި ގޭތެރެއިން ދުންވަސް ދުވާތީ ބޭރަށް ގޮސް ބެލިއިރު، ސެޕްޓިކް ޓެންކުން ދުން އަންނަ މަންޒަރު ފެނުނެވެ.

އަދި އޭނާ ފާހާނައަށް ދިޔައިރު، ފާހާނާ ހުރީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައި ކަމަށް އޭނާ ބުންޏެވެ.

"ބޮޑު ކޮޓަރީގެ ފާހަނަ ވަނީ ގޮވާފައި ހީވަނީ މިސައިލެއް ވައްޓާލީމަ ގޮވާފައި ހުރިހެން، ފާހަނައިގެ ފާރުގައިވެސް ހުރީ ރެނދުލައިފި، ފާހަނާގެ ގާތްގަނޑަކަށް ހުރިހާ ހޮޅިއެއެއް ޖެހޭނީ ބަދަލުކުރަން". އޭނާ ބުންޏެެވެ.

އޭނާ ބުނީ، އެ ހާދިސާގައި ފާހަނައަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ގޭގެ ކުޑަދޮރުގެ ބިއްލޫރިގަނޑުވެސް ތަޅައިގެން ގޮސް، ޔާޑްއަށްވެސް ގެއްލުންތަކެއް ލިބުނު ކަމަށް ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު