ރަޝިޔާގައި ރޭލެއްގެ މައްޗައް އަރައި އުޅުނު ޒުވާނަކު ކަރަންޓުގައި ޖެހިގެން، ގައިގައި އަލިފާން ރޯވެ، މަރު ވެއްޖެއެވެ.

155 މޭލު ބާރު މިނުގައި ދުއްވާފައި ދިޔަ އެ ރޭލުގެ މައްޗަށް ޑިމިޓްރީ މިކައިލެންކޯ އެރި ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ނަމަވެސް، ރޭލުގެ ތެރޭގައި ތިބި ޕަސެންޖަރުންނަށް އެއްޗެއް އަނދާ ވަސް މާގަދައަށް ދުވަން ފެށުމުން، ރޭލު މަޑުކުރުމަށްފަހު ބެލިއިރު އެ ޒުވާނާ އޮތީ އަނދައި ހުލިވެފައެވެ.

އުމުރުން އެންމެ 19 އަހަރުގެ ޑިމިޓްރީ މަރުވުމަށް މެދުވެރިވީ އެ އިލެކްޓްރިކް ރޭލުގެ މަތީގައި ހަރުކޮށްފައި ހުރި 4000 ވޯލްޓްގެ ޕެންޓޮގްރާފްގައި ޖެހުމުން ކަމަށް އެ ގައުމުގެ ފަޔާ އެންޑް ރެސްކިއު ޓީމުން މައުލޫމާތު ދެއެވެ.

ޑިމިޓްރީއާއެކު އިތުރު އަންހެން ކުއްޖަކު ވެސް އެ މަސައްކަތް ކުރަން ނިކުމެ އުޅުނުކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، އެ ކުއްޖާ މިހައިތަނަށް ފެނިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ރޭލުގެ ބޭނުން ބޮޑަށް ކުރާ ގައުމުތަކުގައި ރޭލުތަކުގެ މައްޗަށް އަރައި "ޓްރެއިން ސާފް" ކުރުމަކީ އާއްމު ކަމަކަށް ވާއިރު، މިކަން މިހާރު އަންނަނީ ދުނިޔޭގެ އެހެން ގައުމު ތަކަށްވެސް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަބީ

    155 މޭލު ބާރުމިނުގަ ދުއްވާފަ ދިޔަ ރޭލެއްގެ މައްޗަށް އެރޭނީ ޖާދޫއެއް ހަދައިގެން

  2. ޓޮޮއް ޓޮއް

    ނަގޫރޯޅިއެއްވެސް އަރާނީ ހަމަ ތިހާ ބާރައް..?? 155..?