އިނގިރޭސި ވިލާތުގައި ރަޔަން އެއާގެ ކެބިން ކުރޫއެއް ދޮގު ހެދުމަށް ފަހު ފުލުހުން ލައްވައި ޕަސެންޖަރަކު ފްލައިޓުން ބާލައިފިއެވެ.

އުމުރުން 19 އަހަރުގެ އިސްލާމް ފެސިހް އާއި 20 އަހަރުގެ ރަފީކް ބުޓްޗީ ފަރޯއަށް ދިޔައީ އެ މީހުންގެ ސަގާފީ ފެސްޓިވަލެއް ފާހަގަ ކުރމުގެ ގޮތުންނެވެ. އެކަން ނިންމައިލުމަށް ފަހު އެނބުރި ލަންޑަނަށް ދިއުމަށް ރަޔަން އެއާގައި ފްލައިޓަށް އެރި އިރު، ދެ މީހުން ތިބެން ޖެހުނީ ވަކިންނެވެ.

އެ ދެ މީހުން ފްލައިޓަށް އެރީ އެންމެ ފަހުން ކަމުން ހުސްކޮށް އިން 2 ސީޓު އެމީހުންނަށް ފެނުމުން އެތަނުގައި އިށީނެވެ. އެއީ އެހެން ޕަސެންޖަރުންވެސް މިގޮތަށް ކަންތައް ކުރަމުން ގެންދިއުމާއި ގުޅިގެންނެވެ.

ނަމަވެސް، އިރުކޮޅެއް ފަހުން ފްލައިޓުގެ ކެބިން ކުރޫ އަކު ވަނީ ރަފީކް ބުޓްޗީ ކައިރިއަށް އައިސް އޭނާގެ އަމިއްލަ ސީޓަށް ދިއުމަށް އެދިފައެވެ. އެންމެ ފުރަތަމަ ފެސިހް މިކަމަށް ދެކޮޅު ހެދިނަމަވެސް، އެންމެ ފަހުން ގޮތް ދޫ ކުރުމަށް ފަހުގައި އެތަނުން އޭނާ ތެދުވެ، ދާން މަސައްކަތް ކުރި ގަޑީ ކޮންމެވެސް ވަރަކަށް ކެބިން ކުރޫގެ ގައިގައި ޖެހުނެވެ.

މިއާއި އެކު އެ ކުރޫ ވަނީ ރަފީކް އޭނާގެ ގައިގައި ޖެހި ކަމަށް ބުނެ، ފުލުހުން ލައްވައި އޭނާ ބޯޓުން ބޭރު ކުރުވާފައެވެ. މިކަންތަކުގެ ތެރޭގައި އޭނާއަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާ ތަކެއްވެސް ލިބިފައެވެ. ނަމަވެސް، މަންޒަރު ދުށް މީހުން ބުނާ ގޮތުން ފެސިހް އެ ކުރޫގެ ގަައިގައި ނުޖަހައެވެ.

މިކަމުގެ ހަގީގަތް ހާމަ ވުމުން އެތައް ބަޔަކު އަންނަނީ އެ އެއާލައިނަށާއި ކެބިން ކުރޫ އަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު