"ޓައިމް ޓްރެވަލް" ކޮށްގެން 5000 ވަނަ އަހަރަށްގޮސް ނިއުޔޯކްގެ ފޮޓޯއެއް ނަގާފައިވާކަމަށް މީހަކު ދައުވާކޮށްފިއެވެ. އޭނާ ބުނާގޮތުންނަމަ 5000 ވަނަ އަހަރުގައި ދުނިޔެ ވާނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ފެނުއަޑީގައެވެ.

އެޑްވާޑް ނަމަކަށް ކިޔާ މިމީހާވަނީ އޭނާ އަކީ ކުރީގައި އެމެރިކާ ސަރުކާރުން ސިއްރިއްޔާތުން ހިންގާ ލެބޯޓްރީއެއްގައި މަސައްކަތް ކުރި މީހެކެވެ. އެނާ ބުނާގޮތުން ނަމަ އެ ލެބޯޓްރީގައި ކުރާ މަސައްކަތަކީ މުސްތަގުބަލަށް ނެރޭ ޓެކްނޮލެޖީއާއި ގުޅޭ ތަކެތި އުފެއްދުމެއެވެ. އޭނާ ބުނާގޮތުން މިހާރު މިގެންގުޅޭ ފޯންތަކުގައި އެކުލެވޭ ޓަޗް ސްކުރީން ޑިސްޕްލޭ އަކީ މީގެ އެތައްދުވަހެއް ކުރިން އުފައްދާ އެމެރިކާ ސަރުކާރުގެ ބޭނުންތަކުގައި ގެންގުޅެފައިވާ ތަކެއްޗެވެ. އަދި މިހާރު އާންމުވެފައިނުވާ ކިތަންމެ ޓެކްނޮލޮޖީއެއް އެމެރިކާގެ ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުގައި ވާނެއެވެ.

އެޑްވާޑް ބުނިގޮތުގައި އޭނާ އާއި އެކު އެލެބޯޓަރީގައި މަސައްކަތް ކުރި އެ ލެބޯޓަރީގެ އިސް ސައިންޓިސްޓަކީ ވަރަށްގާތް ދެ އެކުވެރިންކަމަށެވެ. އޭނާއަށް ޓައިމް ޓްރެވަލް ކުރީ އެ ސައިންޓިސްޓް އެ ލެބޯޓަރީއިން ވަގަށް ނަގައިގެން އޭނާގެ އަމިއްލަ ގޭގައި ގާއިމް ކޮށްފައިވާ މެސިނަކުން ކަމަށް ވެސް ބުންޏެވެ. އަދި އެއީ އެމެސިން އުފެއްދުމަށްފަހު ޓެސްޓަށް ވެސް ކުރި ފުރަތަމަ ދަތުރެވެ. އެޑްވާޑް ބުނީ އޭނާ އެދަތުރުކުރަން ނުރުހުނު ނަމަވެސް އޭނާއަށް އެމެރިކާގެ ދާއިމީ ރައްވެސްއަކަށް ހަދައިދޭނެކަމަށް އެ ސައިންސްވެރިޔާ ބުނުމުން އެކަން ކުރީކަމަށެވެ.

އެޑްވާޑް ބުނީ ސައިންސްވެރިޔާ އޭނާ އެ މެޝިނުގައިވާ ގޮނޑިއަކަށް އަރުވާފައި ކެމެރާއެއް ދިން ކަމަށާއި އެއަށްފަހު އޭގައިވާ ފިތަކަށް އޮބާލީ ކަމަށެވެ. ދެން އޭނާއަށް ހުރެވުނީ ފިލާއިން ހަދާފައިވާ މޫދުމަތީގައި ހުރި ގެއެއްކައިރީގައި ކަމަށެވެ، އަދި މުޅި އެ ސަރަހައްދުގައި މުޅިންވެސް އޮތީ އެކަހަލަ ގެތަކެއްކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ފެނިގެން މީހަކު އައިސް ތީ ކޮން ހިސާބަކަށް ނިސްބަތްވާ މީހެއްތޯ އެހުމުން ތިމަންނާ މިއީ 2004 އިން އައި މީހެއްކަމަށް ބުނުމުން އެމީހުންގެ ބޮޑު މީހާ ކައިރިއަށް ގެންދިޔަކަމަށް ބުނެއެވެ.

އަދި އެމީހާ އޭނާއަށް އެކަން މެދުވެރިވި ގޮތް ކިޔާދިންކަމަށް ބުނެ އޭނޭ ބުނެފައިވަނީ 4000 ވަނަ އަހަރުގެ ވަކި ހިސާބަކުން ދުނިޔޭގެ ހުރިހާ ލީޑަރުން އެއްވެ މަސްވަރާ ކުރުމަށްފަހު ދުނިޔޭގެ ހާލަތު އޮތް ގޮތުން އިންސާނުންނަށް ކުރާ ހަރަދު ހުއްޓާލައި އެމީހުން އެހެން ޕްލެނަޓަކަށް ހިޖުރަކުރީއެވެ. އެމީހުނާއެކު ދުނިޔޭގެ ބޮޑުބަޔަކު ހިޖުރަކުރިކަށް އޭނާ ބުނާއިރު ބާކީ ތިބި މީހުންގެ ތެރެއިން ގިނަ މީހުން މަރުވީ ކަމަށާއި ދެންތިބި އެންމެންވެސް އުޅެނީ ދުނިޔެ ފެނުގެ އަޑިޔަށް ދިޔުމުގެ ސަބަބުން މޫދުގައި ފިލާ އިން ގެ ހަދައިގެން ކަމަށެވެ.

އަދި އޭނާ ބުނީ 5000 އަހަރުތަކުގައި ދުނިޔޭގައި އުޅޭ މީހުނަކީ އުމުރު ދިގު ބައެއްކަމަށާއި އޭނާ ވާހަކަ ދެއްކި މީހާއަށްވެސް 1000 އަހަރުވާން ގާތްވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ހަށިގަނޑުން މުސްކުޅިވައްތަރު ނުޖަހާކަމަށެވެ. އެމީހުނަށް އެންމެ ދަތިވަނީ ސާފު ފެން ލިބުންކަމަށާއި ފެނަށްޓަކައި އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި އެއްބަޔަކު އަނެއްބަޔަކު މަރަމުންދާކަމަށް އޭނާ ބުނެއެވެ. އަދި އެތާންގައި މީހުން އުޅެނީ ކޮލެނީތަށް ހަދައިގެންކަމަށްވެސް އެނާގެ ވީޑިޔޯގައި ބުނެފައިވެއެވެ.

އޭނާ ހިއްސާ ކޮށްފައިވާ އެ ވީޑިޔޯގައި އޭނާގެ ސަލާމަތަށްކަމަށް ބުނެ އޭނާގެ މޫނު ވަނީ ފުސްކޮށްފައެވެ. އަދި އަޑުހުންނަނީ ބަދަލުކޮށްފައެވެ. "ޓައިމް ޓްރެވަލް" ކުރުމަކީ ކުރެވިދާނެކަމެއް ކަމަށް ގިނަ ސައިންސްވެރިން އެއްބަސްވެއެވެ. ނަމަވެސް މިހާތަނަށް އެފަދަ ކަމެއް ކުރެވުނުކަން އެއްވެސް ރަސްމީ އިދާރާއަކުން ހާމކޯށްފައި ނުވެއެވެ. ނަމަވެސް އެޑްވާޑް އެބުނާފަދަ ސިއްރު އެތަށް ލެބޯޓަރީތަކެއް އެމެރިކާގައިވާކަން އެއީ ފެންނަންހުރި ހަގީގަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުޙައްމަދު

    ފެނުއަޑީގައި އޮންނަ ދުނިޔެއަކުން ލަކުޑިިިިިިފިލާ ހޯދާ ގޮތެއް އޭނާ ނުބުނޭތަ

    27
    1
  2. ޓައިމް

    އަނެއްކާ އަނެއް ވާހަކަ ބޯހަލާކު ހުވާ މިބުނީ !!!

    22
    2
    • އ. ޖ. އ

      މާވެލްގެ އެއްޗެހި ބަލާ ކުދިން ވަރަށް ގަޔާ ވާނެ މިކަހަލަ ހަބަރަށް

      10
  3. ނުރަބޯ

    ތިޔައީ ބޮވޭ އެއްޗަކުން ވާކަމެއް. އެހެން އެއްވެސް ކަމެއް ނެތް. ކުރިއަކަށްވެސް ފަހަތަކަށްވެސް ނުދެވޭނެ ހަމަ ހުރިތާ ހުންނަން ޖެހޭނީ، މާތްﷲގެ އަމުރުފުޅަށް މަރު ހިއްޕަވަން މަލަކުލް މައުތު ވަޑައިގަންނަވަންދެންވެސް.

    30
    1
    • ކުރަފި

      އެއްޗެއް ނުބޮވުނަސް ޖައްވުތެރޭގައި މީހުން ޓައިމް ޓްރެވެލް ކޮށްފަ އެބަހުއްޓެއްނު؟ އެކަމަށްވެސް ކަލޭމެން ކުރާނީ އިންކާރު

      3
      7
      • ާއޭ ކުރައްޕާ

        ޓައިމް ޓްރެވެލް ކޮއްފަ އެބަހުއްޓޭ؟ އެންމެ މިސާލެއް ދައްކަބަލަ! ކުރަފި ތިހިރީ ހަމައިގަތަ؟