ޑްރެގަން އަކާއި ވައްތަރު ވުމަށް ސާޖަރީ ހެދުމަށްޓަކައި މީހަކު 40 ހާސް ޑޮލަރު (ހަތްލައްކަ ރުފިޔާ) ހަރަދުކޮށްފިއެވެ.

އީވާ ކިޔާ މި މީހާއަކީ ފިރިހެނެކެއެވެ. ނަމަވެސް އޭނާވަނީ ސާޖަރީ ހަދައިގެން "އަންހެނަކަށް ބަދަލުވެފައެވެ." އީވާ ގަބޫލް ކުރާ ގޮތުގައި އޭނާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ގިނަ އަދި ބޮޑެތި ސާޖަރީ ހަދާފައިވާ އިންސާނާއެވެ.

އީވާ ބުނީ އޭނާ އަބަދުވެސް އަންހެނަކަށްވުމުގެ ހުވަފެން ދެކޭ ކަމަށެވެ. އޅައުމުރުގައި އޭނާގެ މައިންބަފައިން އޭނާ ދޫކޮށްފާ ދިޔުމުން އުޅެމުން އައީ އެކަނި ކަމަށާއި އަންހެނަކަށްވުމަށްޓަކައި ސާޖަރީ ހެދީ އެދުވަސްވަރުގައި ކަމަށެވެ.

ޑްރެގަން އަކާ ވައްތަރު ވުމަށް އީވާ ސާޖަރީ ހަދަން ނިންމީ އޭނާ އެއިޑްސްއަށް ޕްސިޓިވް ވުމުން އިންސާނެއްގެ ގޮތުގައި ހުރެ މަރުނުވާން ކަމަށް ބުނެއެވެ. އީވާ އަކީ އޭގެ ކުރިން ޓެކްސްސަސްގެ ބޭންކެއްގައި ނައިބް ރައީސްގެ މަގާމްގައި ހުރި މީހެކެވެ. ނަމަވެސް އެއިޑްސްއަށް ޕްސިޓިވް ވުމުން ހުރިހާ މަސައްކަތަކުން އިސްތިއުފާ ދިނީއެވެ. ދުނިޔޭގައި ބާކީ ދުވަސްތަށް އެންމެ ހިތް އެދޭ ގޮތަށް އުޅުމަށްޓަކައެވެ.

މިހާރު އުމުރުން 52 އަހަރުވެފައިވާ އީވާ ވަނީ ޑްރެގަން އަކާއި ވައްތަރު ވުމުގެ ގޮތުން އޭނާގެ ބޮލުގައި އައް ދަޅު ޖަހާފައެވެ. އަދި އޭނާގެ ދެ ކަންފަތް ބުރިކޮށްލުމުގެ އިތުރުން އަގައިގެ ބައެއް ދަތްތަށް ވަނީ އުފުރާފައެވެ. އޭނާގެ ނޭފަތް ވެސް ވަނީ ތަފާތު ބައްޓަމަކަށް ބަދަލު ކޮށްފައެވެ. އަދި ދޫވެސް ވަނީ ދެފަޅިކޮށްލާފައެވެ. ލޮލުގެ ހުދުބައިގައި ވެސް ވަނީ ފެހިކުލަ ޖައްސައި ކުލަ ބަދަލުކޮށްފައެވެ. އަދި މުޅި މޫނާ ހަށިގަނޑުގެ އެތަން މިތާގައި ވަނީ ޓެޓޫ ޖަހާފައެވެ.

އީވާ ބުނީ އޭނާ މިބަދަލު ގެނައި އަނެއް މަގުސަދަކީ މަރާ ހަނގުރާމަ ކުރަންޖެހޭ ފަދަ ބައްޔެއް ވުމަކީ ދިރިއުޅުން މަތިން ފޫހިވެ އަބަދު ހިތާމަކުރަންވީ ކަމެއް ނޫންކަން ދުނިޔެއަށް ހިއްސާ ކުރުމުގެ ބޭނުމުގައެވެ. އެއިޑްސް ނުޖެހި ވެސް ކުއްލިއަކަށް އެތަށް ބަޔަކު މަރުވާ ކަމަށާއި އެއިޑްސް ޖެހުނު ކަމުގައި ވިޔަސް އުފަލާއެކު އެމީހަކު ބޭނުން ދިރިއުޅުމެއް އުޅެވޭނެކަމަށެވެ. އަދި އޭނާ އެވަނީ އެކަން ދުނިޔެއަށް ހާމަކޮށްފައެވެ.

އީވާ ބުނާގޮތުގައި އޭނާ އަކީ އެންމެ ކުޑައިރުވެސް ތަފާތު މީހަކަށް ވާން ބޭނުންވި މީހެއް ކަމަށެވެ. އަދި މިހާރު އޭނާއަކީ ހަމައެކަނި އިންސާނެއް ނޫން ކަމަށާއި އޭނާއަކީ ރެޕްޓައިލެއްކަމަށްވެސް އޭނާ ބުނެއެވެ. އޭނާ ހުރީ ސާޖަރީ ކޮސްގެން ޑްރެގަންއަކަށް ވުމަށް ގެނެވުނު ބަދަލާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހި އުފަލުގައެވެ.

އީވާ ބުނީ އޭނާގެ އުންމީދަކީ މުޅި ހަށިގަނޑު އެއްކޮށް ޑްރެގަންއެކާއި އެއްގޮތަށް ބަދަލުކުރުން ކަމަށާއި ކައިރި މުސްތަގުބަލެއްގައި އޭނާ އެކަން ކުރާނެ ކަމަށެވެ. އަދި މިހާރު އޭނާ ކޮންމެ ދުވަހަކު ދުނިޔެއަށް ލޯހުޅުވާ ސަބަބަކީ ވެސް ޑްރެގަންއަކަށް އެއްކޮށް ބަދަލުވުން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާރިޔާ

    މޮޔަ މީހެށް!

    39
    2
  2. ހުދުހުދު

    މޮޔަ އިންސާނާ

    31
    1
  3. ޕޮގުބާ

    ދުނިޔޭގަހުރި އެންމެ ކޮސް އަދި މޮޔަމީހާ

    35
    1
  4. ބޯ ހަލާކު

    މަރު އައިސް މި ބައްދަލު ކުރަނީ ކަން އެނގިހުރެ ލިބެން އޮތް ވަގުތު ކޮޅުގައިވެސް ތައުބާ ވުމެއް ނެތްދޯ؟

    38
    1
    • ބޯހަލާކު

      ކަލޭ މަރުވީމަ ވަކި މާމޮޅުތަނަކަށް ކަލެއަށް ދެވޭނެ ކަމަށް ކަލޭ ހީކުރަނީތަ؟ ކަލެއަށް އެކަން ތިޔަހާވަރަށް ޔަގީންވީ ގޮތެއް ބުނެބަލަ.

      15
      7
  5. ހަމްދަރުދީވޭ

    ދެދުނިޔޭންވެސް ގެއްލި ހަލާކުވެފައިވާ މީހެއް.

    24
    2
  6. ޑްރެގަން

    މިމީހާ އަވަސްގޮތަކުން މުސްލިމަކަށް ހަދަންވީ.

    15
    1
  7. ޢަނހާ

    ޢަޅޭ ތީނަ ހާދަ ވައްތަރޭ

    8
    1
  8. ޓީލް

    އައްޗީޑި..ފަކުރު ވައްތަރަކަށް ތިހުރީ...

    21
    1
    • ފީލް

      ތިމީހާ މުސްލިމަކަށް ވާއިރަށް ރީތިވެދާނެ. މިހާރު މައިކަލް ޖެކްސަން ވަރެއް ނެތެއްނު؟

      7
      6