ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔަ މަތުމަތީގައި އަންހެނަކު ކާރެއްގެ ތެރެއަށް ވިހައިފިއެވެ.

ނިއުޔޯކްގައި މިކަން ހިނގިއިރު، ވިހެއުމުގެ ހުރިހާކަމެއް ދިޔައީ ވަރަށް ރަނގަޅަށެވެ. އަދި ދެމައިންގެ ހާލު ވަރަށް ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ވިހާފައި ވަނީ ބަނޑުގައި ރިއްސާތީ ފިރިމީހާއާއެކު ކާރުގައި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައެވެ.

އިއްޔެ ހެނދުނު ގާތްގަނޑަކަށް 8:00 ޖެހިއިރު 37 އަހަރުގެ އެ އަންހެން މީހާ ވިހެއިއިރު، އޭނާ ވިހެއުމަށް ނިއުޔޯކްގެ ފުލުހުންގެ ޑިޕާޓުމެންޓުގެ ދެ ފުލުހަކުވެސް އެހީތެރިވެދިނެވެ. ފުލުހުން އެ އަންހެން މީހާ ވިހެއުމަށް އެހީތެރިކަންފޯރުކޮށްދިނީ ފިރިމީހާ އެދުމުގެ މަތީންނެވެ.

އެ އަންހެން މީހާ ބުނީ، އެއްވެސް އުނދަގުލެއް ނެތި ވިހެވުނީތީ ވަރަށް އުފާވާ ކަމަށެވެ. އޭނާ ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ނަމަކަށް މިސްޓްރީ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު