ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާއަށް މިހާރު 36 އަހަރުވެއްޖެއެވެ. ފިލްމީ ދާއިރާގައިވެސް އެތައް އަހަރެއް ހޭދަކޮށްފިއެވެ.

ކެޓްރީނާ އުމުރުން 22 އަހަރުގައި ކުުޅުނު ޓެލަގޫ ފިލްމެއް ކަމަށްވާ އައްލަރީ ޕިޑިޖޫގެ ސެޓްގައި ނަގާފައިވާ ފޮޓޯއެއް މިހާރު މީސް މީޑިއާގެ ސަމާލުކަން ލިބެމުން އަންނައިރު، ކެޓްރީނާގެ ފޭނުން ދަނީ އެއިރުވެސް އޭނާގެ ރީތިކަމުގެ ވާހަކަދައްކަމުންނެވެ.

އެ ފޮޓޯ ޝެއާ ކޮށްފައި ވަނީ އޭނާގެ ފޭނުން ހިންގާ ޓްވިޓާ ޕޭޖެއްގައެވެ. އެ ފޮޓޯއިން ކެޓްރީނާ ފެންނަނަ ފޮޓޯއަކަށް ފަރިވެގެން ހިނިތުންވެލައިގެން އިންނަ މަަންޒަރެވެ. ފިޔާތޮަށި ކުލައިގެ ހެދުމެއް ލައިގެން ކެޓްރީނާ ހުރިއިރު، އެ ފޮޓޯގައި އޭނާއާއެކު އިތުރު ދެ މީހުންވެސް ތިބެެއެވެ.

ގިނަ ބަޔަކު ކެޓްރީނާ ރީތިކަމަށް ތައުރީފް ކުރަމުންދިޔައިރު، އެއިރާއި މިހާރާއި ކެޓްރީނާގެ ތަފާތު ކަމުގެ ވާހަކަވެސް އޭނާގެ ފޭނުން ދައްކާފައި ވެއެވެ.

ކެޓްރީނާ ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ 2003 ވަނަ އަހަރުއެވެ. އޭނާއަކީ މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރުކަން ހޯދަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިގެން ގޮސް ފައި ވަނީ ބާރަތް ފިލްމުންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދަނީ ރޯހިތް ޝެތީގެ ސޫރްޔަވަންޝިންނެވެ.