އެއްވެސް އޮޑިޝަނަކާއި ނުލައި ނީރަޖް ޕާންޑޭގެ "އައްޔާރީ"ގެ ލީޑް އެކްޓްރެސް ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ނީރަޖް ޕާންޑެގެ "އައުޗް" ވެސް ކުޅެފައިވާ ފޫޖާ ޗޯޕްރާ ބުނެފިއެވެ.

"އޭނާ އަހަރެންނާ ކުރާ އިތުބާރާއި އަހަރެންގެ މަސައްކަތް ބަލައިގަންނަ ގަތުން އަހަރެން އަބަދުވެސް ފާހަގަކުރަން. ވޯކްޝޮޕް ތަކުގައިވެސް އޭނާ އަހަރެންނަށް ވަރަށް ތައުރީފް ކުރާނެ. މިކަހަލަ ވަރުގަދަ ރޯލެއް އެއްވެސް އޮޑިޝަނަކާ ނުލައި އަހަރެންނަށް އިތުބާރުކޮށް ދިނީތީ އަހަރެން ވަރަށް ފަހުރުވެރިވޭ." އެ ފިލްމާ ބެހޭގޮތުން ޕޫޖާ ބުންޏެވެ.

ޕާފޯމަންސް އާއި ދޭތެރޭ ނީރަޖް ޕާންޑެގެ ފަރާތުން އެއްވެސް ޕްރެޝަރެއް އާދޭތޯ ސުވާލުކުރުމުން ޕޫޖާ ބުނީ "އޭނާ އަހަރެންގެ ޕާފޯމަންސް ރަނގަޅުކުރުމަށްޓަކައި ޕްރެޝާ ކުރާތީ އަހަރެން އުފާވޭ. އެހެންކަމުން އަހަރެންނަށް އޭނާއަށް އަހަރެންގެ ހިއްވަރާއި މޮޅުކަން ދައްކާދެވުނީ. އަހަރެންގެ ސަބަބުން އޭނަ ދެރަވާކަށް އަހަރެން ނޭދެން. އޭނަ އާއި އެކުގައި މަސައްކަތް ކުރުމަސް ދެވަނަ ފުރުސަތެއް ލިބުނީތީ އަހަރެން މިހުރީ ވަރަށް އުފަލުން." އެވެ.

ކޮމާންޑޯގައި އޭނާގެ ކަރެކްޓާއަކީ އާދައިގެ އަންހެނެއްގެ ކަރެކްޓާ ކަމަށާއި އެރޯލް ކުޅުމަށްޓަކައި އޭނާ އަށް އެއްވެސް ބަދަލެއް ގެންނާކަށް މަސައްކަތް ކުރަން ނުޖެހޭ ކަމަށް ޕޫޖާ ބުންޏެވެ. އައުޗްގައި އޭނާ އަކީ މީހުނާ ގައިގޯޅި ގުޅުން ހިންގާ މީހެއްގެ ގޮތުގައި ދައްކަން ޖެހުނު އިރު އައިވާރީގައި އަދި މުޅިން ތަފާތު ކެރެކްޓާއެއް ދައްކަން ޖެހުނު ކަމަށް ވެސް ޕޫޖާ ބުންޏެވެ. "ތަފާތު ތިން ކެރެކްޓާއެއް ކުޅެން ލިބުމުން ވަރަށް އުފާވޭ." ކޮމާންޑޯއާއި އައްޔާރީގައި އޭނާގެ ފެނިލުމާއި ބެހޭގޮތުން ސުވާލުކުރުމުން ޕޫޖާ ބުންޏެވެ.

ސިދާތު މަލޯތުރާއާއި މަނޯޖް ބައިޕާރީ ހަރަކާތްތެރިވާ މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ސިފައިންގެ ތެރޭގައި ހިމެނޭ ރިސްވަތުގެ މައްސަލަތަކެވެ. ތަފާތު އެކި ސަބަބު ތަކާއި ހުރެ މި ފިލްމް ލަސްވަމުން ގޮސް މިހާރު މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރު ފެބްރުއަރީ 16 ވަނަ ދުވަހުގައެވެ.